މަޝްހޫރު އެކްޓަރ އަނިލް ކަޕޫރުގެ ދަރިފުޅު ރިއާ ކަޕޫރު ކައިވެނިކޮށްފިއެވެ.
ދުވަސްވީ ލޯބިވެރިޔާ ކަރަން ބުލާނީ އާއި ރޭގެ ވަގުތެއްގައި ކައިވެނި ކޮށްފައިވަނީ އެމީހުންގެ ގެ ކަމުގައިވާ ދަ ކަޕޫރު ޖޫހޫ ރެސިޑެންސްގައެވެ.
އާއިލާގެ މެމްބަރުންނާއި ގާތް މަދު ރައްޓެހިންތަކަކާއެކު ބޭއްވި ހަފްލާގެ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް އެއްވެސް މީޑިއާއަކުންވެސް ނުވަތަ ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައެއް ނުވެއެވެ.

ނަމަވެސް އިއްޔެ މެންދުރުފަހުން ފެށިގެން އާއިލާގެ ގިނަ މެމްބަރުންނާއި ރައްޓެރިން އެގެއަށް ވަތް މަންޒަރު ވަނީ މީޑިއާތަކުން ގެނެސްދީފައެވެ. މީގެ އިތުރުން ރިއާގެ ބައްޕަ އަނިލްކަޕޫރުވަނީ ކައިވެނި ހަފްލާގެ ފަހުން އެސަރަހައްދަށް އެއްވެފައި ތިބި ނޫސްވެރިންނާއި ފޮޓޯގްރާފަރުންނަށް ފޮނިކާތަކެތި ބަހާފެއެވެ. އަދި ރިއާގެ ދެމަފިރިންނަށް ހެޔޮދުޢާ ކޮށްދިނުމަށް ވަނީ އެދިފައެވެ.
ރިއާ ކަޕޫރަކީ ބަތަލާ ސޯނަމް ކަޕޫރުގެ ކޮއްކޮ އަދި އަދި އެކްޓަރ ހަރްޝްވަރުދަންގެ ދައްތައެވެ.
މި ދެމީހުން ލޯބީގެ ގޮތުން ގުޅީގެން އުޅޭތާ މިހާރު 13 އަހަރު ވެއްޖެއެވެ. ކަރަން އާއި ރިއާ އަކީ ފިލްމު ޕްރޮޑިއުސަރުންނެވެ. އެގޮތުން ކަރަން އާއި ރިއާ އެކުގައިވަނީ ފިލްމް "އައިޝާ" ގައި މަސައްކަތް ކޮށްފައެވެ. މި ފިލްމް ގެ ލީޑް ރޯލުން ފެނިގެން ދިއައީ ސޯނަމް އެވެ.
ކޮމެންޓު ފޮނުވާ