ފޮޓޯ:ރާއްޖެއެމްވީ

ޓެނިސް އެސޯސިއޭޝަން ރައީސްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ހަފީޒް ވާދަކުރަނީ

ޓެނިސް އެސޯސިއޭޝަން ރައީސްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ހަފީޒް ވާދަކުރަނީ

ގުޅުންހުރި

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އަޙްމަދު ހަފީޒް ކުރިމަތިލައްވައިފިއެވެ.

ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މި އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހަފީޒް އެކަންޏެވެ. އެކަމަކު އެ އެސޯއިއޭޝަނު ނައިބު ރައީސްގެ މަގާމަށް މުޙައްމަދު އަމީން އާއި މުޙައްމަދު ހާނިމް ވަނީ ކުރިމަތިލައްވާފައެވެ. އަމީނަކީ މިހާރުވެސް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސެވެ.

އިތުރު މެންބަރުންގެ ގޮތުގައި އިންތިޚާބުކުރާ ތިން މަގާމަށް ހަތަރު ބޭފުޅުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރުގެ ހިންގާ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ހަސަން ޝާމުގެ އިތުރުން އަލަށް ކުރިމަތިލެއްވި އަޒުމާ އިބްރާހިމާއި ޔޫސުފް ރިޒާ އަދި މޫސާ އާޒިމެވެ.

ރައީސްކަމަށް ވާދަކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ ހަފީޒަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރީ ކުރައްވާ ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އެވެ. ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުން އިންތިޚާބު ކުރުމަށް ނިންމާފައި ވަނީ ފަސް މަގާމެކެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވާ ހިންގާ ކޮމިޓީން ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މި ވަގުތު އިންތިހާބުގައި ވޯޓްލުމުގެ ހައްގުލިބިފަވާ ޓެނިސް އެސޯސިއޭޝަނުގެ މެންބަރުންގެ ގޮތުގައި ތިބީ 215 މެންބަރުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *