ދިޔާނައަކީ މިހާރު އެއްވެސް މީހެއްގެ އަންބެއް ނޫންކަމުގައި އޭނާ ބުނެފިއެވެ.
ދިޔާނާއަކީ އެއްވެސް މީހެއްގެ އަންބެއް ނޫންކަމަށް އެނާ ބުނެފައިވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޕްރޮފެސަރ ހަސަން އުގައިލް ވާދަކުރެއްވުމުގެ ކުރިން ރާއްޖެއަށް އެކަށޭނަ ޚިދުމަތެއް ކޮށްދެއްވަން ޖެހޭކަމުގައި އޭނާ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން މީހަކު ޓުވިޓާގައި ކުރި ކޮމެންޓަކަށް ރައްދު ދެއްވަމުންނެވެ. މީހަކު ޓުވިޓާ މެދުވެރިކޮށް ބުނެފައިވަނީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިއެއްގެ އަންހެނުންވެސް އުގައިލްއާއި ދެކޮޅުކަމަށެވެ. އަދި ލަނޑަޔާ ވާނީ ލަނޑަޔާއަށްކަމަށްބުނެ ފާޑު ވިދާޅުވެފައެވެ.
މިރާއްޖޭގައި އުޅޭ ސިޔާސީ މީހުންނާއި، ވިޔަފާރި ވެރިންގެ ތެރެއިން އެންމެ ގިނަ ވަގުތު …، …… ހުންނަ މީހާގެ އަނބިމީހާގެ ވިނުން ހުރީ އުގައިލްއާއި ދެކޮޅަށް. މީ ހައިރާން ވާންޖެހޭ ކަމެއްނޫން. ލަނޑަޔާ ވާނީ ލަނޑަޔާއަށްކަން އެންމެންނަށްވެސް އެނގޭ.
– މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
އެމީހާގެ މިވާހަތަކާއި ގުޅިގެން ދިޔާނާ ބުނެފައިވަނީ މިހާރު އޭނާއަކީ މީހެއްގެ އަންބެއްކަމަށް ބުނެ މުޙާބަތު ނުކުރެވޭނެކަމަށެވެ. ދިޔާނާ މާނަ ކުރައްވަނީ އޭނާއާއި ކާށިދޫ ދާއިރާގެ މެމްބަރާއި ކައިވެނީގެ ގޮތުން މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށެވެ.
ތިޔަބަސް އަޅުގަނޑަކަށް ރައްދު ނުކުރެވޭނެ. އަޅުގަނޑަކީ އެއްވެސް މީހެއްގެ އަންބެއްނޫން.
– ދިޔާނާ ބުނެފައިވެއެވެ.
Thiya bas alhugandhah raddhu nukureveyne. Alhugandakee evves meehegge aiynbeh noon. https://t.co/Wii7UyTPt0
— Dhiyana ??? (@dhiyanasaid) August 12, 2021
ޖާބިރުއާއި ދިޔާނާއާއި މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށް ނުވަތަ ކައިވެނީ ގުޅުމެއް ނެތްކަމަށް ދިޔާނާ ވިދާޅުވެފައިވާއިރު، ޖާބިރު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި ޖާބިރު މިފަހުން ވަނީ މަޖިލިސް ކުރިމަތީގައި މުޒާހަރާކޮށް، ރައީސް މައުމޫންގެ ގެކޮޅަށްވެސް ގެއްލުންދީފައެވެ. މިކަންކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޖާބިރަށް އަމާޒުވެސް ވިއެވެ.
ޖާބިރު އާއި ދިޔާނާގެ ކައިވެންޏަށް 15 ވަރަކަށް އަހަރު ވެފައިވެއެވެ.
ކޮމެންޓު ފޮނުވާ