ޔޫވީ ދޫކޮއް ޝާފީ ސަސް އަށް

ޔޫވީ ދޫކޮއް ޝާފީ ސަސް އަށް

ގުޅުންހުރި

ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ކުރިއަށް އޮތް ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެން ސޮއިކޮށްފި އެވެ.

ކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޝާފީ މިދިޔަ ސީޒަނުގައި ފެނުނީ ޔުނައިޓެޑް ވިކްޓްރީ އިންނެވެ. 2008 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޝާފީ ނުކުތީ ކުލަބް ވެލެންސިޔާއިންނެވެ. އޭނާ ވަނީ އެޔަށްފަހު ވިކްޓަރީ އާއި ނިއުރޭޑިއަންޓުގެ އިތުރުން މާޒިޔާއަށް ވެސް ކުޅެފައެވެ.

2017 ވަނަ އަހަރު ޝާފީ ވަނީ ލޯނު އުސޫލުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެފައެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވުމުގެ ކުރިން 2018 ވަނަ އަހަރުގެ ސީޒަނުގައި ޝާފީ ފެނުނީ ވިކްޓްރީ އިންނެވެ. ޝާފީ ވަނީ ގައުމީ ޓީމުގައި ވެސް ގިނަ މެޗުތަކެއް ކުޅެފައެވެ. ޝާފީގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު ޓީސީގެ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ) ވެސް ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފައެވެ.

މިމަހުގެ ފަހުކޮޅު ފަރިތަކުރުންތައް ފެށުމަށް މަސައްކަތްކުރާ ސަސް އިން ފުރަތަމަ ޑިވިޝަނުގައި ކުޅެމުންއަންނަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން އެކުލެވޭ މޮޅު ޓީމެއް ފެނިގެންދާނެ ކަމަށް އެޓީމުން މައުލޫމާތު ދެއެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *