އާންމުވެފައިވަނީ ޞައްޚަ ލިސްޓެއްނޫން، ސީޕީ އަދި ވަކިގޮތެއް އަންގާނަން: ޕޮލިސް

އާންމުވެފައިވަނީ ޞައްޚަ ލިސްޓެއްނޫން، ސީޕީ އަދި ވަކިގޮތެއް އަންގާނަން: ޕޮލިސް

ގުޅުންހުރި

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ޕޮލިސް އޮފިސަރުންގެ ޤާބިލުކަން ވަޒަންކުރުމަށްފަހު، ބޯޑުން ފިޔަވަޅު އެޅުމަށް ނިންމި އޮފިސަރުންނާއި ގުޅޭގޮތުން މިޑިއާގައި އާންމެވެފައިވަނީ ޞައްޚަ ލިސްޓެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕޮލިސް ބޯޑުން ބެލި ކަންތައްތަކަށްފަހު ފުލުހުންގެ ބައެއް އޮފިސަރުންނާއިމެދު ފިޔަވަޅު އެޅުމަށްވަނީ ސީޕީއަށް ދަންނަވާފައެވެ. ފިޔަވަޅު އަޅަން ލަފާދީފައިވާ ފަރާތްތައް ކަމަށްބުނެ އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބައެއް އޮފިސަރުންނަކީ އެފުލުހުންނާއިމެދު ޕޮލިސް ބޯޑުން ޤާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ އިޖުރާތު ހިންގި ފަރާތްތައްކަމަށް ނުވާތީ އެއީ ޕޮލިސް ބޯޑުގެ ރިޕޯޓުގައި ހިމެނޭ ފަރާތްތަކުގެ ސައްޚަ ލިސްޓު ނޫންކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެރިޕޯޓް މިހާރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަރުވާފައިވާތީ، މިކަމުގައި ސީޕީ ނިންމަވާ ގޮތެއް ހިއްސާ ކުރައްވާނެކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ޕޮލިސް ބޯޑު ޢައްޔަނުކުރާ ތާރީޚުން ފެށިފެން 4 މަސްދުވަހުގެ ތެރޭގައި، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންގެ މަސްއޫލިއްޔަތާއި، ޒިންމާ އަދާކުރުމުގައި އަމަލުކޮށްފައިވާގޮތުން ވަނީ ބަލައި ދިރާސަކޮށްފައެވެ.

ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި ޢަމަލެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަޤާމާ އެކަށޭނަ ތަޢުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންތޯ ވަނީ ބަލައި އެމަސައްކަތް ނިންމާފައެވެ.

ބޯޑުން ބެލި ކަންކަމަށްފަހު އޮފިސަރުންނާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ހުށަހަޅައިފައިވާނެކަމަށް ޕޮލިސް ބޯޑުން ވަނީ ހާމަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ