18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފްގެ ގެއަށް ބަޔަކުވަދެ ވައްކަންކޮށް ލޫޓުވާފައިވާ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
އަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ނޮޅިވަރަމުގައި މުޖުތަމައުގެ ރައްކާތެރިކަން ގެއްލި ރަށުގެ ވެށީގައި އޮތް އަމާންކަން ނެތިފައިވާކަމަށެވެ. އަދި މިއަދު މުޖުތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާ އިތުރުވެ ވައްކަމާއި ލޫޓުވުމުގެ ކަންކަން އިތުރުވަމުންދާކަމަށެވެ. މިއީ ނޮޅިވަރަމްގެ ރައްޔިތުންގެ ނުހަނުބޮޑު ކަންބޮޑުވުމެއް އޮތް މުޖުތަމައުގެ އާންމު ނުރައްކަލެއް އޮތްކަމަކަށް ވުމުން މިކަން ހުއްޓުވައިދިނުމަށް ކުރީގެ މެމްބަރު ވަނީ ކަމާއި ބެހޭ ފަރާތްތަކުން ކިބައި އެދިވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ ގެއިން ވައްކަންކުރި މީހުން ގެޔަށް އެކި ވަރުގެ ގެއްލުންދީ ބައެއްތަކެތި ވަގަށް ގެންގޮސްފައިވާކަމަށެވެ. މިއީ ދީފައިވާ ވަރަށްބޮޑު އަނިޔާއެއްކަމަށާއި، މިކަން ދިވެހި ފުލުނުން ވީހާވެސް އަވަހަށް ބަލައި ދެއްވުމަށް މެމްބަރު އަރީފް ވަނީ އެދިވަޑައިގެންފައެވެ. އޭނާ ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން ވައްކަން ކުރަން އުޅުނު މީހުން ގޭގެ ތަކެއްޗަށާއި، ތަންތަނަށް އެކި ވަރުގެ ގެއްލުން ދީފައިވާކަން ފެނިގެންވެއެވެ.
2019 އިން ފެށިގެން ހދ.ނޮޅިވަރަމް ވަނީ ޑްރަގްގެ ވަބާއާއި ވައްކަމާ ލޫޓުވުން އިންތިހާއަށް އިތުރުވެ ކުށުގެ ހާއްޔަކަށް ބަދަލުވެ އަމަން އަމާންކަމަށް ބުރޫއަރާ ހިސާބަށް ކަންތައް ގޯސްވެ ރައްޔިތުންގެ ބިރުވެރިކަމެއްގައި.
ވަގުންވަދެ މަގޭ ގެ ލޫޓުވާލައިފި މަށަށްމިވަނީ އަނިޔާލިބިފައި @PoliceMv pic.twitter.com/OEetBWNSQj— Hussain Areef (@husainaryf) October 26, 2020
މިފަހަކަށް އައިސް މާލެއާއި އަތޮޅުތެރޭގައި ވައްކަމާއި ފޭރުމާއި، ގޭންގު މާރާމާރީތައް ވަނީ އިތުރުވެފައެވެ. އަދި މަސްތުވާތެކެތި ގިނަ އަދަދަކަށް އެތެރެ ކުރަން އުޅުމުގެ ތެރޭގައާއި، އެތަކެތި ބޭނުން ކުރަމުންދަނިކޮށް ފުލުހުންދަނީ އަތުލައިގަންނަމުންނެވެ. އަދި އިއްޔެ މާލޭގައިވެސް ބަޔަކުވަނީ ވަނީ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބްވާ ގޮތްނުވެފައެވެ. ފުލުހުންދަނީ މިފަދަ މައްސަލަތައް ހުއްޓުވުމަށް ކެނޑިނޭޅި މަސައްކަޔް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ