ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަނީ

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަނީ

Author
ޢަލީ އާދަމް
09 އޮގަސްޓް 2021 08:06
0

ފުވައްމުލައް ސިޓީގައި ދެ ސައިކަލު ޖެހިގެން މިަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި އަނިޔާވީ އެކަކު އިތުރު ފަރުވާއަށް މާލެގެންނަން މަސައްކަތްކުރަމުންދާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފި އެވެ.

ފުވައްމުލައް ސިޓީގެ މައިލޯ ސްޓޭޑިއަމް ކައިރީ ނައިބު ތުއްތު މަގުގައި މިއަދު މެންދުރު ފަހު 15:00ގައި ހިނގި މި އެކްސިޑެންޓްގައި 2 މީހަކަށް އަނިޔާވިއެވެ. އޭގެތެރޭގައި ހިމެނެނީ 28 އަހަރުގެ އަންހެނަކާއި 28 އަަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެމީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދެމުން ގެންދާއިރު، މީގެތެރެއިން ފިރިހެންމީހާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް ގެއްލުމުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

ފިހިރެން މީހާ އިތުރު ފަރުވާއަށް މިރޭ މާލެ ފޮނުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ސައިކަލު ދުއްވާފައި ވަނީ ލައިސަންސް އޮތް ދެ މީހުން ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.