އެކްޓަރ އަނުޕާމް ޝްޔަމް މަރުވެއްޖެ

އެކްޓަރ އަނުޕާމް ޝްޔަމް މަރުވެއްޖެ

ގުޅުންހުރި

ޑްރާމާ ސިލްސިލާ ތަކުން އާންމުގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ ދުވަސްވީ އެކްޓަރ އަނުޕާމް ޝްޔަމް މިއަދު މަރުވެއްޖެއެވެ.

"މަން ކީ އާވާޒް :ޕްރަތިގްޔާ 2″ ގައި ޓާކުރު ސަޖަން ސިންގްގެ ރޯލުން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ޝްޔަމް މަރުވީ ގިނަ ގުނަވަންތަކެއް ފެއިލް ވުމުގެ ސަބަބުންނެވެ.

63 އަހަރުގެ އެކްޓަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ކުރަމުން ގެދިޔައީ ކިޑްނީ އާއި ގުޅުން ހުރި މައްސަލަތަކެއްގައެވެ. މަރުވުމުގެ ކުރިން ވެންޓިލޭޓަރުގައި ވެސް ދެތިންދުވަހު ޝްޔަމް ބާއްވަންޖެހުނު ކަމަށް ހަބަރުތަށް ބުނެއެވެ.

މިދިއަ އަހަރުގެ މާރިޗް މަހުގެ ތެރޭގައިވެސް އޭނާއަށް އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެއެވެ. ޝްޔަމް ދިއައީ ޑައިލިސިސް ވެސް ހަދަމުނެވެ. އަދި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލްގެ ބިލްތަށް ދެއްކުމުގައި ފައިސާގެ ދަތިކަމާ ކުރިމަތިވި ކަމަށާއި އެއަށް ފަހު "މަންކީ އާވާޒް ޕްރަތިގްޔާ"ގެ ދެވަނަ ސީޒަން މި އަހަރު އިއުލާން ކުރުމާއެކު ޝޫޓިން ފެށި ކަމަށްވެސް ރިޕޯޓަތަށް ބުނެއެވެެެ. ޓީވީ ޑްރާމާތަކުގެ އިތުރުން މަޝްހޫރު ބައެއް ފިލްމުތަކުންވެސް އޭނާ ފެނިގެންދިޔައެވެ.

1993 ވަނަ އަހަރު ފިލްމީ ހަޔާތް ފެށި އަނުޕާމް ޝްޔަމް ފެނިގެން ގޮސްފައިވާ ބައެއް ފިލްމް ތަކުގެ ތެރޭގައި "ދަސްތަކު"، "ދިލްސޭ"، "ލަގާން"، އަދި "ގޯލްމާލް" ފަދަ ފިލްމްތައް ފާހަގަ ކުރެވެއެވެ. ޑްރާމާ ސިލްސިލާ ތަކުގެ ތެރޭގައި "ރިޝްތޭ"، "ޑޯލީ އަރްމާންކީ"، "ކްރިޝްނާ ޗަލޭ ލަންޑަން" އަދި "މަންކީ އާވާޒް :ޕްރަތިގްޔާ" ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ