ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޑރ. އަޝްރަފް

ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ޑރ. އަޝްރަފް

Author
ޢަލީ އާދަމް
08 އޮގަސްޓް 2021 07:10
0

ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމަށް ޑރ. އަޝްރަފް ޢަބްދުއްރަޙީމް، އަދި ނާއިބު ރައީސްކަމަށް ޒުލްފާ އިބްރާހީމް އިންތިޚާބު ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު(9-2011) ގައި ވާ ގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވުމަށް މެންބަރުންގެ މެދުގައި މިއަދު ނެގި ސިއްރު ވޯޓަގައި، މިދެބޭފުޅުން އިންތިޚާބު ކުރީ އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ދިވެހިބަހުގެ އެކެޑަމީއަށް އައު ރައީސަކާއި ނައިބު ރައީސެއް އިންތިޚާބު ކޮށްފައިވަނީ އެކެޑަމީގެ މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ ދައުރު 8 އޮގަސްޓުގައި ހަމަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަމަށް 3 ބޭފުޅަކު މިއަދު އައްޔަންކުރެއްވުމުން މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ.

އީސުލްޖުމްހޫރިއްޔާ، ދިވެހިބަހުގެ އެކެޑަމީއަށް މިއަދު ޢައްޔަންކުރެއްވި 3 މެންބަރުންނަކީ، ދަފްތަރު. ނަންބަރު ރސ 1901 ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. މި ތިންބޭފުޅުންގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

އައު މެމްބަރުންނާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ،
2- ޢިޔާޒު ޖާދުﷲ ނަސީމް، ދަފްތަރު ނަންބަރު 8255،
3- މުޙައްމަދު ޝާހިދު ޙަލީމް، މ.ޑައިމަންޑްވެލީ،
4- އަޝްރަފް ޢަބްދުއްރަޙިމް، ދަފްތަރު. ނަންބަރު ރސ 1901،
5- ޒުލްފާ އިބްރާހީމް، ޅ.ކުރެންދޫ، ނޫރަންގެ

ބަހުގެ އެކެޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން 2021 އޮގަސްޓް 8 ގައި މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ.

އެކެޑަމީގެ ރައީސްކަމަށް އަލަށް އިންތިޚާބުކުރި ޑރ. އަޝްރަފް ޢަބްދުއްރަޙީމަކީ، ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަޝްރަފްގެ އެންމެ ޚާއްޞަ އެއް ފަންނަކީ، ދިވެހިބަސް ކިޔަވައިދެއްވުމާއި، ބަހުގެ ލިޔުންތެރިކަމާބެހޭ ދިރާސާތައް ކުރައްވައި ލިޔުއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.