ރެއާލް ބެޓިސް އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން

އެކުވެރިކަމުގެ މެޗެއް، އެކަމަކު މޮރީނިއޯ އާ ތިން ކުޅިންތެރިއަކު ދަނޑުން ފޮނުވާލައިފި

އެކުވެރިކަމުގެ މެޗެއް، އެކަމަކު މޮރީނިއޯ އާ ތިން ކުޅިންތެރިއަކު ދަނޑުން ފޮނުވާލައިފި

ގުޅުންހުރި

މިމަހު ފަހުކޮޅު ފެށުމަށް އިޓާލިއަން ސެރިއާ ފެށުމުގެ ކުރިން ކުރިޔަށްދާ ޕްރީ ސިޒަން ތަމްރީންތަކުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ރެއާލް ބެޓިސް އަތުން ރޯމާ ބަލިވެއްޖެއެވެ.

ރޯމާ އަތުން ބެޓިސް މޮޅުވީ 5-2 ލަނޑުންނެވެ. ސްޕެއިންގައި ރެއާލް ބެޓިސް ދަނޑުގައި ކުޅުނު މި މެޗުގައި ރޯމާގެ ތިން ކުޅުންތެރިންގެ އިތުރުން ޓީމުގެ ކޯޗު ހޯސޭ މޮރީނިޔޯ ވެސް ވަނީ ދަނޑު ފޮނުވާލާފައެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބެޓިސްއަށް ލީޑު ނަގައިދިނީ ރޮޑްރީއެވެ. 17 މަސްފަހުން އަމިއްލަ ސަޕޯޓަރުން ދަނޑަށް ވައްދައިގެން ކުޅުނު މެޗުގައި ރޯމާ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެއްވަރުކުރީ އެލްޑޯ ޝުމްރޮދޯވްއެވެ.

ނަބީލް ފެކީރްގެ ލަނޑުން ބެޓިސްއިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިއެވެ. ދެވަނަ ހާފް ފަށައިގެން ހަވަނަ މިނެޓުގެ ތެރޭގައި ރޯމާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖުއާންލުކާ މަންޗީނީއެވެ. ރޯމާއިން ލަނޑުޖެހިތާ ހަ މިނެޓު ފަހުން ބެޓިސް ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް މޮރޭނޯއެވެ. މިލަނޑު ގޯލަށް ވަނުމުގެ ކުރިން މޮރޭނޯ އަތުގައި ބޯޅައިން ޖެހުނު ނަމަވެސް މެޗުގެ އޮފިޝަލުންނަށް ވަނީ އެކަން ފާހަގައިވާ ގޮތް ނުވެފައެވެ.

ތަމްރީން މެޗެއް ކަމުން މިމެޗުގައި ވީއޭއާރް ބޭނުން ކޮށްފައެއް ނުވެއެވެ. މި ލަނޑާއެކު ރޯމާގެ ކުޅުންތެރިން ރެފްރީ ގާތުގައި މައްސަލަ ޖައްސާ މެޗު ހޫނުވެގެން ދިޔައެވެ. މައްސަލަ ރެފްރީ ހަމަޔަކަށް އެޅުވީ ރޯމާގެ ލޮރެންޒޯ ޕެލެގްރިނީ އާއި ކޯޗު ހޯސޭ މޮރީނިޔޯ ރަތްކާޑު ދެއްކުމަށްފަހުއެވެ. އޭގެ މިނެޓެއް ފަހުން ރޯމާގެ ދެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. އަދި ހިނގައިދިޔަ ހަމަނުޖެހުމަގައި ރޯމާގެ ކޯޗު މޮރީނިއޯގެ އިތުރުން ޓެކްނިކަލް ސްޓާފެއް ވެސް ވަނީ ދަނޑުން ފޮނުވާލާފައެެވެ. 8 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ރޯމާ ކޮޅަށް ބެޓިސްއިން ފަހު ދެލަނޑު ވައްދާލީ ކްރިސްޓަން ޓެލޯ އާއި ރޮބާޓްސްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *