އެކްސިޑެންޓެއްގައި މީހަކަށް އެކިވަރުގެ އަނިޔާތަކެއް ވެއްޖެ

އެކްސިޑެންޓެއްގައި މީހަކަށް އެކިވަރުގެ އަނިޔާތަކެއް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
08 އޮގަސްޓް 2021 08:08
0

މަގު ބަންދުކޮށްފައި އޮއްވާ ބާރު ސްޕީޑުގައި އެމަގަށް ވަތްމީހަކު ކަހާލައިގެން ވެއްޓި އެވަރުގެ އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ލޮޓަސް ބައިކް ޝޮޕް ކައިރިން މަގު ބަންދުކޮށްފައި ވަނިކޮށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ކަހާލައިގެން ވެއްޓިފައިވަކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 23:10 ހާއިރުކަމަށެވ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށެވެ. އެމީހާ ރޭ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.  މާލެ ސިޓީގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެއްޖެއެވެ. އޭނާގެ މޫނާއި އަތަށް ވަނީ އަނިޔާވެފައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.