އިމްރާންގެ ކުރީގެ އަނބިކަބަލުން ކައިވެނި ބައްލަވައިގެންފި

އިމްރާންގެ ކުރީގެ އަނބިކަބަލުން ކައިވެނި ބައްލަވައިގެންފި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 02:29
0

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ކުރީގެ އަނބިކަބަލުން މަރިޔަމް ރީމް ކައިވެނި ބައްލަވައިގެންފިއެވެ.

މިނިސްޓަރ އިމްރާންގެ ކުރީގެ އަނބިކަބަލުން މަރިޔަމް ރީމް ކައިވެނި ބައްލަވާގަނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކައިވެނި ބައްލަވާގެންފައިވަނީ ފުލުހުންގެ ބޭފުޅަކާއިކަމަށް ޚަބަރު އޮންލައިންނަށް އެގިފައިވެއެވެ. އިމްރާން އާއި ރީމްއަށް 5 ކުދިން ލިބިފައިވެއެވެ. އިމްރާނާއީ ރީމްއަށް ލިބިފައިވަނީ 4 އަންހެން ކުދިންނާއި 1 ފިރިހެން ކުއްޖެކެވެ. ރީމްވަނީ ކައިވެނި ބައްލަވައިގެން ކަން ފޭސްބުކް ސްޓޭޓަސްގައިވެސް ޕޯސްޓްކޮށްފައެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުގައި ހުންނެވި ފާޠިމަތު ޔުމްނާއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.