"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ކެމްޕެއިންގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ކެމްޕެއިންގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި

Author
ޢަލީ އާދަމް
07 އޮގަސްޓް 2021 01:53
0

"މިނިވަންކަމުގެ ދިފާޢުގައި ދިވެހީން" ނަމުގައި އިދިކޮޅު ޕްރޮގްރެސިން ކޮންގްރެސް ކޯލިޝަނުން ފަށާފައިވާ ގައުމީ ކެމްޕެއިންގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމާއި ކެމްޕެއިންގެ ލަވަ ތައްޔާރުކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ކެމްޕެއިންގައި ބޭނުން ކުރުމަށް ތައްޔާރު ކުރެވޭ ލޯގޯ އަކީ އިސްލާމީ، ޤައުމީވަންތަ އަދި މިނިވަންކަމުގެ ދިފާޢުގައި މަސައްކަތް ކުރާކަން ރަމްޒުކޮށްދޭ އެއްޗަކަށް ވާންޖެހޭނެކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ހުށަހެޅޭ ލޯގޯ ތަކުގެ ތެރެއިން، ކޯލިޝަނުން އެކުލަވާލާފައިވާ ޖަޖުންގެ ކޮމިޓީ އަށް އެންމެ ކަމުދާ ކަމަށް ފެންނަ ލޯގޯ އެއް ޤައުމީ ކެމްޕެއިންގެ ޙަރަކާތްތަކުގައި ބޭނުން ކުރުަމަށް ހަމަޖެހިފައި ވާކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

މީގެއިތުރުން މި ކެމްޕެއިނުގައި ބޭނުންކުރުމަށް ތައްޔާރުކުރާ ލަވަ އަކީ ޖޯޝުއަންނަ ގައުމީ ވަންތަ ލަވައަކަށް ވާންޖެހޭނެ ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ހުށަހަޅާ ލަވަތަކުގެ ތެރެއިން ކޯލިޝަނުން އެކުލަވާލާފައިވާ ޖަޖުންގެ ކޮމިޓީ އަށް އެންމެ ކަމުދާ ކަމަށް ފެންނަ ލަވަ ޤައުމީ ކެމްޕެއިންގެ ޙަރަކާތްތަކުގައި ބޭނުން ކުރުަމަށް ހަމަޖެހިފައި ވާކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

ލޯގޯ އާއި ލަވަ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އަންނަ އަންގާރަ ދުވަހުގެ 2:00 އަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައި އިދާރާ، ހ. ހުރަފަ އަށް ވަޑައިގަތުމަށްވެސް އެ ކޯލިޝަނުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.