އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏެއް ހައިޖެކްކުރަން އުޅުނު މައްސަލަ ބަލަނީ

އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏެއް ހައިޖެކްކުރަން އުޅުނު މައްސަލަ ބަލަނީ

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 10:45
0

އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏެއް ހައިޖެކްކުރަން އުޅުނު މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭ 11:55 ހާއިރު ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށްކައިރި ކުރިކަން އެނގިފައިވައެވެ. އަދި ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށާއި، ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެ، ދޯންޏަށް ދިޔަބަޔަކުކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.