ޝްވެތާގެ ދަރިފުޅު ޕަލަކް ބޮލީވުޑަށް ނުކުންނަ ފިލްމްގެ ޓީސާ ދައްކާލައިފި

ޝްވެތާގެ ދަރިފުޅު ޕަލަކް ބޮލީވުޑަށް ނުކުންނަ ފިލްމްގެ ޓީސާ ދައްކާލައިފި

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2021 09:27
0

މަޝްހޫރު ޓިވީ ބަތަލާ ޝްވެތާ ތިވާރީގެ ދޮށީ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ތާރަފްވާ ފިލްމް "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" ގެ ޓީސާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ޕަލަކުގެ ފުރަތަމަ ފިލްމަށް ވުމުން އޭނާ ހުރީ އިންތިހާ އަށް އުފާވެފައެވެ. ޓީސާ އިންސްޓަގްރާމުގައި ހިއްސާ ކުރަމުން ޕަލަކް ބުނެފައިވަނީ ފިލްމާއި ގުޅެގޮތުން އަދިވެސް ސަޕްރައިޒް ކަންކަން ކުރިއަށް އެބަހުރިކަމަށެވެ.

 

View this post on Instagram

 

A post shared by Palak Tiwari (@palaktiwarii)

ޕަލަކްގެ އިތުރުން މި ފިލްމުން އަރްބާޒް ޚާނާ އާއި ތަނީޝާ މުކަރުޖީ ވެސް ފެނިގެން ދާނެއެވެ. ވިޝާލް ރަންޖަން މިޝްރާ ޑައިރެކްޓްކުރި މި ފިލްމްގެ ޕްރޮޑިއުސަރަކީ އެކްޓަރ ވިވެކް އޮބެރޯއީއެވެ.

ރޯޒީ އިން ޕަލަކް ތާއާރަފް ވާއިރު އޭނަގެ މަންމަ ޝްވެތާ އަކީ ޓީވީ އިންޑަސްޓްރީގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ފަންނާނެކެވެ. ޝްވެތާ މަގުބޫލު ވެގެން ދިއައީ ސްޓާ ޕްލަސްގެ ކުރީގެ ޑްރާމާ ސިލްސިލާ "ކަސައުޓީ ޒިންދަގީ ކީ" އިންނެވެ. "ބިގް ބޮސް 4″ ގައި ވާދަކޮށް އެއްވަނަ ހާސިލް ކުރި މި ބަތަލާ މިހާރު ދަނީ "ޚަތްރޯކީ ކިލާޅީ 11″ގައި ވާދަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.