މި ހަފްތާ ބަންދު ކަރީނާ ހޭދަ ކުރީ އޭނާ ގެ ދައްތަ ކަރިޝްމާ ކަޕޫރާއި އެކުގައެވެ. އާދިއްތަ ދުވަސް އެ ދެމީހުން ހޭދަކުރި ގޮތަށް ކަރީނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ފެނިގެން ދަނީ ކަރިޝްމާ އާއި ކަރީނާ ކެއުމަކަށް އިންސާފުކުރާތަނެވެ. އެމީހުން ވަނީ ވަރަށް ގިނަ އެއްޗެހި ކައިފައެވެ. އަދި ވީޑިއޯއިން އެމީހުން ޗޮކްލެޓް ކޭކެއް ކާތަންވެސް ފެނިގެން ދެއެވެ. މީގެ ކުރިން ކަރީނާ ބުނެފައިވަނީ ކަރިޝްމާ އަކީ އެންމެ މީރުކޮށް ޗޮކްލެޓް ކޭކް އަޅާމީހާ ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ ކަރިޝްމާ ތައްޔާރުކުރި ކޭކެވެ.
ކެއުމަށް އިންސާފު ކުރި މި ދެމީހުން ކައި ނިމިގެން 10 ސިކުންތު ފަސް ކަމަށް ބުނެ ދައްކާއިރު ވީޑީއޯގައި ދެމީހުން ތިބެނީ ސޯފާގައި ނިދިފައެވެ. މި ވީޑީއޯއަށް ކޮމްންޓް ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި މި ދެމީހުން ކައިކައި ގޮސް ނިދުނީއެވެ.
ވީޑިއޯ ހިއްސާކުރަމުން ކަރީނާ ބުނެފައި ވަނީ އެދެމީހުން ޕްރޮޑަކްޓިވް ވީކެންޑެއްކަމަށް ބުނެފިނަމަ ހާލަކީ އެއީ ކަމަށެވެ.
މި ދެބެންގެ މެދުގައި އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ކަރިޝްމާ މިހާރު ހުރީ ބޮޑު ސްކްރީނުން ގެއްލިފައެވެ. ނަމަވެސް ކަރީނާ އަދިވެސް ދަނީ އޭނާގެ މަގުބޫލުކަން ދަމަހައްޓަމުންނެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމުގައި އޭނާ އާއި އެކު ފެނިގެން ދާނީ އާމިރު ޚާނެވެ.