ދީޕިކާ ޕަޑުކޯން އާއި ޕްރަބާސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަކީ 400 ކްރޯޑް ރުޕީސް ނުވަތަ، 53.78 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ދެތަރިން މިހާރު ޝޫޓިން ފަށާފައިވާ މިފިލްމަށް އަދި ނަމެއް ނުދެއެވެ. "ޕްރޮޖެކްޓް ކޭ"ގެ ނަންދީގެ މަސައްކަތް ފަށާފައިވާ މި ފިލްމަށް މިހާ ބޮޑު ބަޖެޓެއް ހަމަ ޖެހިފައިވާ އިރު ފިލްމުން ބޮލީވުޑްގެ މަޝްހޫރު ބޮޑެތި ތަރިންތައް ފެނިގެންދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން މި ފިލްމުން އަމީތާބް ބައްޗަން ވެސް ފެނިގެން ދާނެއެވެ. ދީޕިކާ މީގެ ކުރިން ވަނީ އަމީތާބާ އެކުގައި ފިލްމް "ޕީކޫ" އިން ފެނިގެން ގޮސްފައެވެ. މިއީ ދީޕިކާގެ ފުތަރަމަ ޓެލަގޫ ފިލްމެވެ.
ބޮޑު ފިލްމެއްގެ ގޮތުގައި ހަދާ ސައިންސް ފިކްޝަން ޖޯންރާގެ މި ޕީރިއަޑް ފިލްމުގެ ޑައިރެކްޓަރަކީ ސައުތު އިންޑިއާ ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު ނަގް އަޝްވިން އެވެ.
ޕްރަބާސްގެ ސުޕަރ ހިޓް ފިލްމު "ބާހޫބަލީ"ގެ ބަޖެޓަށްވުރެ 2 ގުނަ ބޮޑު ބަޖެޓަކުން ހަދާ މިފިލްމުގެ މުޅި ކާސްޓް އަދިވެސް ފައިނަލެއް ނުވެއެވެ.