"ރާދޭ ޝިޔަމް" އަންނަ އަހަރަށް ފަސްކޮށްލައިފި

"ރާދޭ ޝިޔަމް" އަންނަ އަހަރަށް ފަސްކޮށްލައިފި

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2021 04:30
0

ސައުތު އިންޑިއާގެ ސުޕަސްޓަރ ޕްރަބާސްގެ ރޮމޭންޓިކް ފިލްމް "ރާދޭޝިޔަމް" ރިލީޒްކުރާނެ އައު ތާރީހެއް އަނެއްކާވެސް ދީފިއެވެ.

މަސައްކަތް އެއްކޮށް ނިމިފައިވާ މި ފިލްމް ރިލީޒް ކުރުމަށް ކުރިން ތާވަލަ ކޮށްފައި އޮތީ މިދިޔަ ޖުލައި މަހުގެ 30 އަށެވެ. ނަމަވެސް މި ފިލްމް އަނެއްކާވެސް މިވަނީ ފަސްވެފައެވެ.

ފިލްމުގެ ލީޑް އެކްޓަރު ޕްރަބާސް ވަނީ މިކަން އިންސްޓަގްރާމު މެދުވެރިކޮށް އިއުލާން ކޮށްފައެވެ. މިހާރު މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ 14ގައި އެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

"ބާހޫބަލީ" އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރ ޕްރަބާސްއާއެކު ޕޫޖާ ހޭގްޅޭ ފެނިގެންދާ މި ފިލްމުގައި މި ދެތަރިންގެ ވަރުގަދަ ރޮމޭންޓިކް ކެމިސްޓްރީއެއް ފެނިގެންދާނެއެވެ. މި ފިލްމް އިއުލާން ކުރުމަށްފަހު، ފިލްމުގެ ފަސްޓްލުކް ވެސް ވަނީ މިދިއަ އަހަރު ދައްކާލައިފައެެވެ.

 

View this post on Instagram

 

A post shared by Prabhas (@actorprabhas)

ޕޫޖާ އާއި ޕްރަބާސްގެ އިތުރުން މި ފިލްމުން މުރްލީ ޝަރްމާ، ސަޗިން ކެޑެކަރް، ޕްރިޔަދަރްޝީ، ސާޝާ ޗެތުރީ، ކުރާން ރޯއީ ކަޕޫރް އަދި ސަތިޔަން ފެނިގެން ދާނެއެވެ.

ރާދާ ކްރިޝްނާ ކުމާރް ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކުރަނީ ޔޫވީ ޕްރޮޑަކްޝަނުންނެވެ. މި ފިލްމް ހިންދީ، ޓެލަގޫ، ޓަމިލް އަދި މަޔަލާލަމް ބަހުން ނެރެން ވަނީ ހަމަޖެހިފައިއެވެ. މީގެ ހިންދީ ބަހުން ފިލްމް ނެރޭނީ ޓީ ސީރީޒްގެ ތައްގަނޑުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.