ހުޅުމާލޭގައި 500 ވެހިކަލަށް ޕާކްކުރެވޭ، ޕާކިން ބިލްޑިންގެ މަސައްކަތް ފަށަނީ

ހުޅުމާލޭގައި 500 ވެހިކަލަށް ޕާކްކުރެވޭ، ޕާކިން ބިލްޑިންގެ މަސައްކަތް ފަށަނީ

ގުޅުންހުރި

ހުޅުމާލޭގައި ފަސޭހަކަމާއިއެކު ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މަދުވެގެން 500 ވެހިކަލްގެ ޕާކިން ބިލްޑިންއެއް، ހެދުމަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެއެކޭ އެއްފަދައިން ހުޅުމާލޭގައިވެސް ގިނަ އަދަދެއްގެ ވެހިކަލް ދުއްވައި، ޕާކް ކުރުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކާއި، އަދި އެކި ތަންތަނުގައި ޕާކް ކުރެވިފައިވާ އުޅަދުތަކަށް ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިއަދު މޭޔަރާއި، ހުޅުމާލެ ދާއިރާގެ ސިޓީ ކައުންސިލަރުވަނީ ހުޅުމާލޭގައި މިކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް ވަޑައިގެން ބިން ބައްލަވާލައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މަގުމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކާއި، ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކް ކުރުމަށްޓަކައި މަދުވެގެން 500 ވެހިކަލްގެ ޕާކިން ބިލްޑިންއެއް، ހުޅުމާލެއިން މާލެ ސިޓީކައުންސިލަށް ކުރީގެ ކައުންސިލުން ހޯދާފައިވާ ބިމުގައި ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިއަދުވަނީ ފަށާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގައި ޕާކްކުރުމަށް އޮތް މައްސަލައަށާއި، ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގެ މަގުމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކާއި، ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކް ކުރުމަށްޓަކައި މަދުވެގެން 500 ވެހިކަލްގެ ޕާކިން ބިލްޑިންއެއް، ހުޅުމާލެއިން މާލެ ސިޓީކައުންސިލަށް ކުރީގެ ކައުންސިލުން ހޯދާފައިވާ ބިމުގައި ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިއަދުވަނީ ފަށާފައި.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލާއި މިހާރު އޮތް ސިޓީ ކައުންސިލުން ހަވާލުވުމަށްފަހު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ޚާއްސަކޮށް މާލެ އާއި ހުޅުމާލެއާއި، ވިލިމާލޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކޮށް، ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ