އާނޯލްޑް ލިވަޕޫލްގައި މަޑުކުރަން ނިންމައިފި

އާނޯލްޑް ލިވަޕޫލްގައި މަޑުކުރަން ނިންމައިފި

Author
އިބްރާހީމް ސާޢިދު
01 އޮގަސްޓް 2021 10:44
0

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ދިގު މުއްދަތަކަށް އާކޮށްފިއެވެ.

ލިވަޕޫލުން ވަނީ އާނޯލްޑުގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރިކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އައު އެއްބަސްވުމާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް އާނޯލްޑް އެ ޓީމުގައި މަޑުކުރާނެއެވެ. ލިވަޕޫލްގެ ޑިފެންޑަރު ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ލިވަޕޫލުގެ ސީނިއާ ޓީމުން 2016 ވަނަ އަހަރުގައެވެ. ލިވަޕޫލުގައި އާނޯލްޑް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 179 މެޗުގައި 10 ލަނޑު ޖަހާފައެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިން ވެގެންގޮސްފައިވަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެެންމެ އިތުބާރުކުރާ ކުޅުންތެރިންގެ ތެރޭގައެވެ. އޭނާއަށް ވަނީ ލިވަޕޫލް ކުޅުނު ގިނަ މެޗުތަކަކުން ފުރުސަތު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.