އެއްބަސްވުން އާކުރަން ކިލިއޭނީ ނިންމައިފި

އެއްބަސްވުން އާކުރަން ކިލިއޭނީ ނިންމައިފި

Author
އިބްރާހީމް ސާޢިދު
01 އޮގަސްޓް 2021 10:36
0

ޔުވެންޓަސްއާ އެކު އަލުން އެއްބަސްވުން ހަދަން އިޓަލީގެ ކެޕްޓަން  ޖިއޮޖިއޯ ކިއެލީނީ ނިންމައިފިއެވެ.

ޔުވެންޓަސް އަށް އަލުން އޭނާ ކުޅޭނެ ކަމާމެދު ސުވާލު އުފެދުނެވެ. ރެއާލް މެޑްރިޑްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޯޓީ ވަނީ ކިއެލީނީ އެ ޓީމަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޔުވެންޓަސް އަށް 2005 ގައި ކުޅެން ފެށި، ކިއެލީނީ ވަނީ އެ ޓީމަށް 535 މެޗު ކުޅެފައެވެ. އަދި އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދިއެވެ. އިޓާލިއަން ކަޕް ފަސް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ވެސް ފަސް ފަހަރު ހޯދިއެވެ. އިޓަލީގެ ކެޕްޓަންގެ ކޮންޓްރެކްޓް ހަމަވީ މިދިޔަ މަހު 30 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.