ދުބާއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ދުބާއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Author
ޢަލީ އާދަމް
31 ޖުލައި 2021 09:06
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދުބާއީއަށް ވަޑައިގަތީ މިދިޔަ އަންގާރަދުވަހުއެވެ.

ރައީސް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފަ އެވެ. އެ ފަހަރު ދުބާއީއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަޙްމަދު މުޙައްމަދު ސޯލިޙް އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ސޯލިޙް މިފަހަރު ދުބާއީއަށް ވަޑައިގެންނެވީ އާއިލީ ބޭފުޅުން ދުބާއީގައި ތިއްބެވުމާ ގުޅިގެން އާއިލީ ކަމެއްގައެވެ.

ދުބާއީގެ ނުރަސްމީ ދަތުރުފުޅުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ ތެރޭގައި ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ރައީސް ޞާލިހު ބައްދަލުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.