އެމެރިކާގެ އަަލަސްކާގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އެމެރިކާގެ އަަލަސްކާގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އެމެރިކާގެ ސިޓީއެއް ކަމުގައިވާ އަލަސްކާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބާރުމިނުން 8.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖީ ސާވޭގެ ފަރާތުން ނެރެފައިވާ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް، އަލަސްކާ ސިޓީގެ ގިނަ ސަރަހައްދުތަކަށް މިހާރުވަނީ ސުނާމީގެ އިޒާރުވެސް ނެރެފައެވެ.

މި ބާރުގަދަ ބިންހެލުން އުފެދިގެން އައިސްފައިވަނީ، އަލަސްކާ ސިޓީގެ އިރުދެކުނުގައި އޮންނަ ޕެރީވިލްގެ އިރުމަތީ ފަރާތުން 91 ކިލޯމިޓަރު ދުރުންނެވެ. ޔުއެސް ޖިއޮލޮޖިކަލް ސާވޭގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ މިއަދު އެމެރިކާގ ގަޑިން ރޭގަޑު 10:15ގައެވެ.

މި ބިންހެލުން އައިސްފައިވަނީ، ބިމުގެ އަޑިން 46.7 ކިލޯމީޓަރު އަޑިއަށް ކަމަށްވާތީ، މިބިހެލުން ރެކޯޑު ކުރެވިފައިވަނީ، އެހާ ފުނަށް އައިސްފައިވާ ބިންހެލުމެއްގެ ގޮތުގައެއް ނޫނެވެ.

ބިމުގެ ސަތަހައިން 70 ކިލޯ މީޓަރު ފުނާއި ދެމެދުން އަންނަ ބިންހެލުންތައް ބެލެވެނީ އެހާ ފުނުން އަންނަ ބިންހެލުންތަކުގެ ގޮތުގައެއް ނޫނެވެ.

އަލަސްކާ ސިޓީއަށް އައި މި ބާރުގަދަ ބިންހެލުމަށްފަހު ދެ އާފްޓަރޝޮކެއް މިހާތަނަށް އައިސްފައިވާކަމަށްވެސް ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ފުރަތަމަ އާފްޓަރޝޮކް އައިސްފައިވަނީ ބާރުމިނުން 6.2 މެގްނިޓިއުޑްގައެވެ. އަދި ދެވަނަ އާފްޓަރޝޮކް އައިސްފައިވަނީ ބާރުމިނުން 5.6 މެގްނިޓިއުޑްގައެވެ.

ޔޫއެސްގެ ގައުމީ ސުނާމީ ވާރނިންގ ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އަލަސްކާގެ ބައެއް ހިސާބުތަކަށް މިހާރުވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *