މިއަަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ނަޝީދު ކުރެއްވި ޓުވީޓުގައި، އިގިރޭސި ހަގުރާމަމަތީ މަނަވަރުތައް ސައުތު ޗައިނާ ކަނޑުގައި އޮންނަ ސްޕްރަލްޓި ރައްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ދަތުރުފަތުރު ކުރުމުގެ ހައްގު ހިމާޔަތް ކުރުމަށް ސައުތު ޗައިނާ ކަނޑަށް އިގިރޭސި މަނަވަރުތައް ދަތުރު ކުރުމަކީ، ހިންހަމަޖެހި ވަަޑައިގަންނަވާ ކަމެއްކަމެއް ކަމަށް ވިދާޅުވުމުން، ޗައިނާ އެމްބަސީއިން މިއަދު ނަޝީދަށް ރައްދު ދީފިއެވެ.
This Maldivian Independence Day (from Britain), I was pleased to see a British Carrier Strike Group enter the South China Sea near the Spratly Islands, to ensure the right of navigation around the islands. @caron_rohsler pic.twitter.com/jOblhwZgjR
— Mohamed Nasheed (@MohamedNasheed) July 27, 2021
ނަޝީދުގެ ޓުވީޓަށް ރައްދު ދިނުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ޗައިނާއަކީ، ކަނޑު ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި، އަދި ސައުތު ޗައިނާ ކަނޑުގައިވާ ރައްތަކުގެ ވަށައިގެންވާ ކަޑުގެ ސަރަހައްދުގެ މަތިން ދަތުރު ކުރުމަށް އޮންނަ މިނިވަންކަމަށްވެސް އިހުތިރާ ކުރާ ގައުމެއް ކަމަށާއި، އެހެންނަމަވެސް، އަސްކަރީ ބާރު ދައްކާ، އަދި އެގޮތުން ޗައިނާއަށް ބިރުދެއްކުމަށް ހިންގޭ ކޮންމެ އަމަލަކާވެސް އެގައުމުން ދެކޮޅު ހަދާނެ ކަމަށެވެ.
ޗައިނާ އެމްބަސީން ކުރި ޓުވީޓުގައި ބުނެފައިވަނީ، ބައިނަލް އަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، ގައުމުތަކުން މިހާތަނަށްވެސް ޗައިނާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ބޭނުން ކޮށްފައިވާ ކަމަށާއި، އަދި އެއީ އަބަދުވެސް ޗައިން އިހުތިރާމް ކުރާނެ މިނިވަންކަމެއް ކަމުގައެވެ.
@MohamedNasheed We respect the freedom of navigation and overflight in waters around China enjoyed by countries in accordance with international law, but firmly opposes the practice of flexing muscles targeting China,…
— Chinese Embassy in Maldives (@ChinaEmbassyMV) July 28, 2021
މި ހަފްތާގެ އަންގާރަ ދުވަހު އިގިރޭސިވިލާތުގެ ހަގުރާމަ މަތީ މަނަވަރު HMS ކުއީން އެލިޒަބަތުވަނީ، ޗައިނާގެ އެތަކެއް އިންޒާރުތަކާއެކުވެސް، އިންޒާރުތަކަށް ބޯލެބުމެއްނެތި ސައުތު ޗައިނާ ކަނޑުން ދަތުރުކޮށް، ސިންގަޕޫރުގައި ބަދަރު ކޮށްފައެވެ.
މި މަނަވަރު ސައުތު ޗައިނާ ކަނޑަށް ވަނުމުގެ ކުރިން ސަރަހައްދަށް ނުވަނުމަށް އިގިރޭސިވިލާތަށް ޗައިނާއިން ވަނީ ތަކުރާރުކޮށް އިންޒާރު ދީފައެވެ.
އިގިރޭސި ވިލާތުގެ މަނަވަރުތައް ސައުތު ޗައިނާ ކަނޑަށް ވަނުމާއި ގުޅިގެން ޗައިނާއާއި، އިގިރޭސިވިލާތުގެ އިތުރުން އިގިރޭސިންގެ އެކުވެރި ގައުމުތައް ކަމުގައި އެމެރިކާ އަދި އޮސްޓްރޭލިއާވެސް ހިމެނޭގޮތުން، މައްސަލަވަނީ ހޫނުވެފައެވެ.
އިނގިރޭސިންގެ ހަގުރާމަމަތީ މަނަވަރުތަށް މި ސަރަހައްދަށް ވަނުމުގެ ސަބަބުން، ސައުތު ޗައިނާ ކަޑުގެ 1.3 މިލިއަން އަކަ ކިލޯ މީޓަރުގެ ސަރަހައްދަކީ އެގައުމުގެ މިލްކެއް ކަމުގައި ޗައިނާއިން ކުރަމުންދާ ދައުވާއާއި ގުޅޭގޮތުން ކުރެވޭ ބަހުސްތައް އިތުރަށް ވަނީ ހޫނު ވެފައެވެ.
ޗައިނާއިން ގަބޫލުކުރާ ގޮތުގައި ލޯ އޮފަ ދަ ސީ ކޮންވެންޝަންގެ ދަށުން، މި ސަރަހައްދު ހިމެނިގެންދާނީ އެގައުމުގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައެވެ.
އެހެންނަމަވެސް، 2016ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ ޗައިނާގެ މިދައުވާއަކީ ބާތިލް ދައުވާއެއްކަމުގައި ނިންމާފައެވެ. އަދި އެކޯޓުންވަނީ، އިނގިރޭސިވިލާތާއި، އެމެރިކާ އަދި އޮސްޓްރޭލިއާއަށް މި ސަރަހައްދުގައި ކަނޑުގެ ނެވިގޭޝަނާއި ގުޅުންހުރި އޮޕަރޭޝަންތައް އާންމު އުސޫލުން ހިންގުމުގެ މިނިވަންކަން އޮތްކަމަށް ނިންމާފައެވެ.
ރައީސް ޔާމިންގެ ދައުރުގައިވެސް، އަދި ރައީސް ސޯލިހުގެ ދައުރުގައިވެސް، ނަޝީދުއާއި ޗައިނާއާއި ދެމެދު އޮތީ ނުތަނަވަސް ގުޅުމެކެވެ. އަދި މި ވެރިކަމުގައި ނަޝީދު ގެންދަވަނީ، ރާއްޖެއިން ޗައިނާއަށް އަދާކުރަން ޖެހޭ ދަރަނިތަކާ ގުޅޭގޮތުން ތަކުރާރުކޮށް ޗައިނާ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
2 Responses
ހަނގުރާމަޔަށް ހިއްވަރުދިނުމަކީ ކޮންކަހަލަ ކަމެއްބާ ؟
ތިމާޔާނުބެހޭ ކަންކަމާދުރުވެހުރުމަކީ ތިމާގެސަލާމަތާއި ރައްކާތެރިކަމަށް ވަރަށްމުހިއްމުކަމެއް އެކަމުގެނުރައްކާތެރިކަން ނޭގޭފަދަކަންކަމާ ފާޑުކިޔާހެދުމަކީ ވަރަށްބޮޑުގޯހެއް ތިކަންބަލައެއްނުގަނެވޭ…
މި ދެން އަހަރުމެން މި ދިވެހީންނަށް އަސްލުގަ ވެސް އޮތް ބޮޑު ނޮހޮރުއްޕާނެއް. ކޮންފަދަ ބޮޑު ކެރަފާ މުސީބާތެއް. ޢަހަރުމެނަށް ކީއްތަ ދުނިޔޭގެ އެހެން ކަނޑުތަކުގަ އަހަތުމެންނާއި ގުޅުން ބަދަހިކޮށްފަވާ ގައުމުތަކުން އުޅުނީމަ. ޑިވެއްސެއްގެ ނަމުގަ ހުރެ އަމުދުން މި ދިވެހި ފަސްގަނޑުގެ މަތީ މަޤާމެއްގައިހުރެ އަހަރުމެންގެ މިނިވަންކަމާއި ސަލާމަތައް ގެއްލުމެއް ލިބިދާނެހެން ކަންތައް ނުކޮށް އިނގިރޭސީން ގެ ރައްވެހިކަމުގަ އަޅަކަށްވެން އަހަރުމެންގެ ރާއްޖެ އަހަރުމެންނަށް ދޫކޮށްލަން. ޢަހަންނަކީ ދިވެއްސެއް އެހެން ގައުމުތަކުގެ ސަލާމަތާއި އިސްތިގުލާލަށް އަސަރުކުރާނެހެން އަހަރެންގެ ނަމުގަ ވަކާލާތު އަންނި ކޮށްގެން ނުވާނެ. މަހުޝަރުގެ ބިމުންވިޔަސް ދައުވާ ނުކަނޑާނަން.