ދަނގަޑޭ، ސެންޓޭ، މެސީ، ބަކާ އީގަލްސްއަށް 

ދަނގަޑޭ، ސެންޓޭ، މެސީ، ބަކާ އީގަލްސްއަށް 

Author
މުޙައްމަދު ޝަޒައިމް
28 ޖުލައި 2021 08:10
0

އޭއެފްސީ ކަޕުގެ ޕްލޭ އޮފޯ މެޗަށް ޓީމު ވަރުގަދަ ކުރަމުންދާ ކުލަބު އީގަލްސްއިން، ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެކުލަބަށް ގެންގޮސްފިއެވެ.

އެކުލަބާއި ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގުވެސް ވަނީ ބައިވެރިވެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވާނެ ފަށާފައެވެ. މިހާރު ކުލަބު އީގަލްސުން ތަމްރީނުތައް ކުރިއަށް ގެންދަނީ މިއަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ޕްލޭ އޯފް މެޗަށެވެ. މިއަންނަ މަހުގެ 15ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި އީގަލްސް ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާއެވެ.

ކުލަބް އީގަލްސުން ދަނީ މިހާރުވެސް އެ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޯވާޑް އަލީ ފާސިރު (ސެންޓޭ) އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެ ކުލަބުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ތަޖުރިބާކާރު ދެ މިޑްފީލްޑަރުންކަމަށްވާ އިސްމާއީލް އީސަ (މެސީ)އާއި މުޙައްމަދު އާރިފް (ބަކާ) މިހާރުވަނީ އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނީ ޓީމާއި އަލަށް ގުޅޭ ކުޅުންތެރިންނާއެކު، ޓީމު ވަރަށް ބޮޑުތަން ވަރުގަދަ ވެގެންދާނެކަމަށާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނިކުންނައިރު، މިއީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ދެކުނު އޭޝިއާއަށް ޚާއްސަ ގުރޫޕްގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިވަގުތު މި ގުރޫޕުގައި އޮތީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާއާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއެވެ. ޕްލޭ އޯފް މެޗުން މޮޅުވާ ޓީމަކަށް ގުރޫޕް ސްޓޭޖުން ފުރުޞަތު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.