ޖީ ޗަންގް ވޫކް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ޖީ ޗަންގް ވޫކް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
ފާތިމަތު ނާވީ
27 ޖުލައި 2021 04:36
0

ސައުތު ކޮރެއާގެ މަޝްހޫރު އެކްޓަރ ޖީ ޗަންގް ވޫކް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ޕޮޒިޓިވް ވީކަން އިއުލާންކުރީ އިއްޔެ އެވެ. ރިޕޯޓްތަށް ބުނާ ގޮތުގައި ޖީ ޗަންގް މިހާރުވަނީ ކަރަންޓީނު ވެފައިއެވެ. އަދި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތަށް ވެސް އަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްޕޯ ޓީވީ ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖީ ޗަންގް ވޫކްގެ އޭޖެންސީ ގްލޯރިއަސް އެންޓަޓައިންމެންޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޖީ މިވަގުތު ކަރަންޓީނުގައި ހުރި ކަމަށާއި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވެސް މިހާރު އަޅާފައި ވާކަމަށެވެ.

 

View this post on Instagram

 

A post shared by 지창욱 (@jichangwook)

ޖޭޓީބީސީ އިން ނެރުނު ބަޔާނުގައި ބުނާގޮތުގައި ޖީ މިހާރުދަނީ ނެޓްފްލިކްސްގެ ސީރީޒް "ދަ ސައުންޑް އޮފް މެޖިކް"ގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ސީރީޒްގެ ޝޫޓިންގ ވެސް މިހާރު ވަނީ ހުއްޓިފަ އެވެ. ސަބަބަކީ ޖީގެ އިތުރުން ކްރޫގެ ބައެއް މެމްބަރުން ވެސް ކޯވިޑަށް ޕޮޒިޓިވް ވުމެވެ.

މި ސީރީޒްގެ ކާސްޓް މިހާރުވަނީ ޔަގީންވެފަ އެވެ. ޖީ ޗަންގް ވޫކް އާއި އެކު މި ސީރީޒުން ޗޮއި ސުންގް އެއުން، ހްވަންގް އިން ޔޮޕް ފެނިގެން ދާނެއެވެ. ޖީ އެންމެ ފަހުން ފެނިގެން ދިއައީ "ލަވް ސްޓްރަކް އިން ދަ ސިޓީ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.