ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގް ފުލުހުން ކުރައްވަމުންދާއިރު، ތަހުގީގަށް ނަޝީދުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ގޮވާލައްވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރެރިސްޓު ހަމަލާއާއި ގުޅިގެން ފުލުހުންނަށް ބުނެލަން އޮތް ބަަހަކީވެސް، އަދި ފުލުހުންނަށް ދޭން އޮތް ބަޔާނަކީވެސް ޖާނާއި، ހިތާމޭ ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެކޮށް ޅެންބައިތެއް ފޮނުވާފައެވެ.
މޭމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ބޮޑު ކާމިޔާބެއް ފުލުހުން ހޯދަފައިވާއިރު، ހަމަލާ ރޭވުމުގައި އިސްކޮސް ހަރަކާތްތެރިވި މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލާގައި ޝާމިލުވާ ގިނަ މީހުންގެ ބަޔާން ނަގައި، ދައުވާ ކުރުމާއި ހަމައަށް ގޮސްފައިވާއިރު، މައްސަލައިގައި މިހާތަނަށް ރައީސް ނަޝީދުގެ ބަޔާނެއް ނެގިފައި ނުވެއެވެ.
ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެ މައްސަލައިގައި ނަޝީދުގެ ބަޔާނެއް މިހާތަނަށް ނަގާފައިނުވާ ކަމަށެވެ. އަދި ބަޔާނެއް ދެއްވުމަށް ދަތިފުޅު ނަމަ ލިޔުމަކުން ނަމަވެސް ބަހެއް ހޯދުމަށް ނަޝީދުގެ އަރިހުން އެދިފައިވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ހަމަލާދިނީ ފާރަލައިގެން ކަމަށާއި އެމަނިކުފާނުގެ މޫވްމަންޓު ލީކުވެފައިނުވާކަމަށް ޔަގީން ކަމަށެވެ.
ނަޝީދު ތަހުގީގަށް ބަޔާން ނުދެއްވައި މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެން ހައިލަމް ވިދާޅުވީ މިއީ ފިލްމީ ޓުވީޓް ކުރެއްވުމަށްވުރެއް ބޮޑަށް ތަހިގީގަށް އެއްބާރުލުން ދެއްވަންޖެހޭ ވަގުތުކަމަށެވެ. އަދި މިފަދަ ފިލްމީ ޓުވީޓު ކުރެއްވުމަށް ތަހުގީގަށް އެއްބާރުލުން ދެއްވުންވެސް މާ ރަނގަޅުވާނެކަމަށް ހައިލަމް ވިދާޅުވިއެވެ.
ފިލްމީ ޓުވީޓު ކުރެއްވުމުގެ ބަދަލުގައި މައްސަލައިގެ ތަހުޤީޤަށް އެއްބާރުލުން ދެއްވައި ބަޔާން ދެއްވުން މާ ރަނގަޅުވާނެ! https://t.co/80g6yerUNm
— Ahmed Hailam (@AhmedHailam) July 25, 2021
މޭއިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައިއޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާދެއްވި އޭޑީކޭގެ ސްޕެޝަލިސްޓުންގެ ޓީމުންވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.
ނަޝީދު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސި ވިލާތުގައެވެ. ނަޝީދު ގެންދަވަނީ މިހާރު ރަސްމީ މަސައްކަތްތަކުގައިވެސް ބައިވެރިވަމުންނެވެ.