މިނިސްޓަރ އިމްރާނަށް "ބީ" ފެކްޝަނަށް، ފާޑުކިޔެން ނެތްކަން ތަހުގީގުން ހާމަވެއްޖެ: ޒައިދު

މިނިސްޓަރ އިމްރާނަށް "ބީ" ފެކްޝަނަށް، ފާޑުކިޔެން ނެތްކަން ތަހުގީގުން ހާމަވެއްޖެ: ޒައިދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާ ތަހުގީގު މިހާތަނަށް ކުރެވިފައިވާ ގޮތާއި، ތަހުގީގް ހިނގާފައިވާ ފުރިހަމަކަށް ބަލާއިރު، ހޯމް މިނިސްޓަރ އިމްރާނަށް ފާޑުކިޔޭގެ އެއްވެސް ފުރުސަތެއް ނެތްކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މެއި ހައެއްގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ތަހުގީގުކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ މިއަދު ވިދާޅުވެފައެވެ. ތަހުގީގުގައި ރޭ ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލައި، އަދި ފުލުހުން ކޮށްފައިވާ ބުރަ މެދުކެޑުމެއްނެތް މަސައްކަތަށް ގިނަ ބައެއްގެ ތައުރީފްވަނީ ލިބިފައެވެ.

ނަމަވެސް ރައީސް ނަޝީދާއި، ނަޝީދަށް ތާއީދުކުރާ ބައެއް ބޭފުޅުން ދަނީ މިނިސްޓަރ އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ރާއްޖޭގައި އޮތް އަނދިރި ލައުލަތް ފޮހެ ނުލެވޭނެކަމަށް ބުނަމުންނެވެ. މިނިސްޓަރ އިމްރާނަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައިވެސް ހިމެނޭ ޝައިޚު އަލީ ޒައިދު ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންވެސް މިނިސްޓަރ އިމްރާންގެ ބެއްލެވުމުގެ ދަށުން މިތަހުގީގް ގޮސްފައިވާލެއް ފުރިހަމަކަށް ގިނަ ބަޔަކު ތައުރީފް ކުރާކަމަށެވެ. އަދި މިތަހުގީގް ކުރިއަށްދާ ގޮތާއިމެދު "ބީ" ފެކްޝަނަށް ކިޔޭނެ އެއްވެސް ފާޑެއް ނެތްކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ބެއްލެވުމުގެ ދަށުން މޭ 6ގެ ހަމަލާގެ ވަރަށް ފުރިހަމަ ތަހުގީގެއް ކުރަމުން ގެންދާކަން ރޭވެސް ޕޮލިހުން ހާމަކޮށްދީފި! ވީމާ "ބީ" ފެކްޝަން ތެރެއިން ތިޔަވަރަށް ދޭންޖެހޭ ސަބަބެއްނެތް! ސަލާމަތީ ބާރުތަކަށް މިފަދަ ކަންކަމުގައި އިތުބާރު ކުރަންޖެހޭ.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގާއި ގުޅޭގޮތުން މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ

މެއި ހައެއްގެ ޓެރެރިސްޓް ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ، ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކަކާއިއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ ގިނަ ފުލުހުންތަކެއްގެ ބައިވެރިވުމާއިއެކު އެ ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތްތައް ބަލައިގަންނަކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

6 މޭގެ ހަމަލާއާ ގުޅިގެން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި 5600 ގަޑިއިރުގެ ސީސީޓީވީ ފްޓޭޖު ހޯދައި، ދިރާސާކުރުން ހިމެނެއެވެ. އޭގެތެރެއިގާ އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފްޓޭޖްގެ އިތުރުން މާލެ އާއި ހުޅުމާލެ ހިމެނޭހެން 190 ސަރަހައްދެއްގައި ހަރުކޮށްފައިވާ 372 ޕޮލިސް ސީސީޓީވީ ފްޓޭޖްވެސް ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ. އަދި މި މައްސަލައިގައި މިހާތަނަށް 640 ވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާ 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި 830 އަށްވުރެ ގިނަ މާއްދީ ހެކި ވަނީ ހޯދާފައެވެ. މި ހުރިހާ މަސައްކަތަކާއެކު ހަމަލާގެ އެންމެ އަޑިއަށް ދެވޭނެ ކަމުގެ ބޮޑު އުންމީދެއް ފުލުހުން ވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *