"ޚުދާ ހާފިޒް"ގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފި

"ޚުދާ ހާފިޒް"ގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފި

Author
ފާތިމަތު ނާވީ
26 ޖުލައި 2021 09:37
0

އެކްޓްރ ވިދްޔުތު ޖަމްވަލް އާއި ޝިވަލީކާ އޮބްރޯއީގެ ފިލްމު "ޚުދާ ހާފިޒް"ގެ ދެވަނަ ބައި ގެ ޝޫޓިންގ ފަށައިފިއެވެ.

ދެވަނަ ބައި ނުވަތަ ފިލްމުގެ ސީކުއަލްއަށް ދީފައިވާ ނަމަކީ "ޚުދާ ހާފިޒް ޗެޕްޓާ-2: އަގްނީ ޕަރިކްޝާ"އެވެ. މި ފިލްމް ވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިގެވެސް ޑައިރެކްޓަރ ފާރުކް ކަބީރެއެވެ.

ފުރަތަމަ ބައިގެ ކާސްޓާއިއެކު ހަދާ މި ފިލްމުގެ ފުރަތަމަ ޝޫޓިންގ ޝެޑިއުލްކޮށްފައި އޮތީ މުމްބާއީގައި ނަގާ ގޮތަށެވެ. އެއަށްފަހު މިފިލްމުގެ ބައެއް ސީންތައް ލަކްނޯގައި ވެސް ނަގާނެއެވެ.
މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ޕްރިމިއާކުރި "ޚުދާ ހާފިޒް" އަކީ ބޭރު ގައުމެއްގައި އަންހެނުން ކިޑްނެޕްކުރުމުން ފިރިމީހާ އޭނާ ހޯދަން ކުރާ މަސައްކަތުގައި ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Vidyut Jammwal (@mevidyutjammwal)

"ޚުދާ ހާފިޒް" އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ފިލްމެކެވެ. އެހެން ކަމުން ހަމަ ކުރީގެ ކާސްޓާއި އެކުގައި މީގެ ދެވަނަ ފިލްމެއް ނެރޭއިރު ބެލުން ތެރިންގެ އުންމީދުތަކެއް ހުންނާނެކަމަށް ޑައިރެކްޓަރ ފާރުކް ބުނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ކުމާރު މަންގަތު ޕާޓަކާއި އަބިޝޭކް ޕަޓާކެވެ. ކޯ ޕްރޮޑިއުސަރުންނަކީ ސަންޖީވް ޖޯޝީ އާއި އަދިއްތިޔާ ޖޯކްސީގެ އިތުރުން ހަސްނެއިން ހުސައިނީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.