ދަބަންގ-4 ހަދާނެކަމުގެ ޔަގީންކަން ސަލްމާން ދީފި

ދަބަންގ-4 ހަދާނެކަމުގެ ޔަގީންކަން ސަލްމާން ދީފި

ބޮލީވުޑްގެ ސުޕަރސްޓަރ ސަލްމާން ޚާންގެ ފިލްމް ސިލްސިލާ ދަބަންގެ 4 ވަނަ ފިލްމެއް ހަދަން އުޅޭކަން ސަލްމާން ޚާން ހާމަކޮށްފި އެވެ.

ޢީދު ދުވަހު ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ވަނީ އޭނާގެ ޓޯކް ޝޯވް "ޕިންޗް"ގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑާއި ދައްކާފަ އެވެ. މި އެޕިސޯޑުގައި މެހެމާނުގެ ގޮނޑިން ފެނިގެން ގޮސްފައިވަނީ ބޭބެ ސާލްމާނެވެ. މިއާއެކު ގިނަބައެއްގެ ފާޑުކިއުންތަށް ވެސް ޝޯވް އަށް ލިބިގެން ދިއައެވެ.

މި ޝޯވް އަކީ ޓްރޯލާސް އާއި ސައިބަ ބުލީން ފަދަ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޝޯވް އެކެވެ. އެގޮތުން ފަންނާނުންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފެތުރޭ އެކިއެކި ވާހަކަ ތަކާއި ގުޅޭގޮތުން މި ޝޯވްގައި ވާހަކަ ދައްކަ އެވެ

ޝޯވްގައި އަރްބާޒް ވަނީ ތަފާތު ސުވާލުތަކުގެ ޖަވާބު ހޯދާފައިއެވެ. އެގޮތުން މި ޝޯވްގައި ވާހަކަ ދައްކަމުން ސަލްމާން ވަނީ "ދަބަންގ-4″ ބެލުންތެރިންނަށް ފެނިގެން ދާނެކަމަށް އެއްބަސްވެފަ އެވެ.

ސަލްމާގެ "ދަބަންގ" ސީރީޒްގެ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމުތަކެކެވެ. ހިތްވަރުގަދަ ފުލުހެއްގެ ގޮތުގައި ޗުލްބުލް ޕާންޑޭގެ ރޯލުން ސަލްމާން ފެނިގެންދިޔަ މި ފިލްމު ސީރީޒްތަކުގައި ސަލްމާނާއެކު ފިނގެންދިޔައީ ސޮނާކްޝީ ސިންހާ އެވެ. "ދަބަންގ" އެނިމޭޓެޑް ސީރީޒެއް ވެސް މިހާރު ވަނީ ނެރެެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *