ޕީއެސްޖީގެ ކޮންޓްރެކްޓް ޕޮޗެޓީއޯ އާކޮށްފި

ޕީއެސްޖީގެ ކޮންޓްރެކްޓް ޕޮޗެޓީއޯ އާކޮށްފި

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓް ތެރޭގައި ޕޮޗެޓީނޯ އަލުން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އަދި ޕޮޗެޓީނޯ ގޮސްފިނަަމަ ޕީއެސްޖީން ޒިނެދިން ޒިދާން ކޯޗަކަށް ގެންނަން އުޅޭ ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރިއެވެ. ޕޮޗެޓީނޯ، ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމާ އެކު އެ ހުރިހާ ވާހަކައަކަށް ނިމުން ވަނީ އައިސްފައެވެ.

މިދިޔަ ޖެނުއަރީ މަހު ޕީއެސްޖީއާ އެކު ޕޮޗެޓީނޯ ހެދި ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުއެވެ. ޕޮޗެޓީނޯ ސޮއިކުރި އާ އެއްބަސްވުމުގައި ވާގޮތުން 2023 ވަނަ އަހަރާ ހަމައަށް އޭނާ އެ ކްލަބްގައި މަޑުކުރާނެއެވެ. ޕީއެސްޖީގެ ކެޕްޓަނެއްގެ ގޮތުގައި 2001 އިން 2003 އަށް ފާހަގަވި ޕޮޗެޓީނޯއާ ޕީއެސްޖީ ހަވާލުކުރީ ތޯމަސް ޓުޗެލް ވަކިކުރުމަށް ފަހުއެވެ. ޕޮޗެޓީނޯގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ޕީއެސްޖީން ވަނީ ފްރެންޗް ސުޕަ ކަޕާއި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ އަތުން ކެޓިއިރު، ފްރެންޗް ލީގު ނިންމާލަން ޖެހުނީ ޗެމްޕިއަންކަން ހޯދި ލިލްގެ ފަހަތުން ދެ ވަނައިގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *