ރައީސް ނަޝީދަށް ދިންހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތެރިވި މީހާ ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ދިންހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތެރިވި މީހާ ހައްޔަރުކޮށްފި

ގުޅުންހުރި

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

ރައީސް ނަޝިދަށް ދިން ހަމަލާގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހއ.ހޯރަފުށި/ އަލަނާސިގޭ، މުހައްމަދު ތަސްލީމެވެ. ތަސްލީމު ހައްޔަރު ކޮށްފައިވަނީ މިއަދު އައްޑޫ ސިޓީއިންނެވެ.

 

ތަސްލީމާއި މެދު ތުހުމަތު ކުރެވެނ،ީ ރައީސް ނަޝީދަކީ މަރާލަން ޖެހޭ ފަދަ މީހެއް ކަމަށް ވިސްނައިދީ މިހަމަލާގައި އަމަލީގޮތުން ބައިވެރިވީ މީހުނަށް އިރުޝާދު ދިން ފަރާތެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތަސްލީމަކީ 2017 ވަނަ އަހަރު ވެސް ބޮމެއް ހަދަމުން ދަނިކޮށް ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ދޫކޮށްލާފައެވެ.

ސީޕީ ވިދާޅުވީ މިހަލާގައި އިސްކޮށް ހަރަކާތެރިވި އެންމެން މިހާރު ހައްޔަރު ކުރެވިފައިވާކަމަށެވެ. ސީޕީ ވިދާޅުވީ ޓެރަރިސްޓުން ނަޝީދުގެ ފުރާނަ ނަގާލުމަށް 2019 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަމަލީ މަސައްކަތް ފެށިކަމަށެވެ. އަދި ހަޔެއް މޭގެ ހަމަލާއަކީ، އެކަން ރޭވި ތިން ވަނަ ފަހަރުކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 640 ވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފްޓޭޖް ތަހުގީގަށް ހޯދާފައިވާއިރު އެއީ 5،600 ގަޑިއިރުގެ ފްޓޭޖް ކަމަށެވެ. އެ ހުރިހާ ވީޑިއޯއެއް ވަނީ ދިރާސާ ކޮށްފައެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލެ ހިމެނޭހެން 190 ސަރަހައްދެއްގައި ހަރުކޮށްފައިވާ 372 ޕޮލިސްގެ ސީސީޓީވީ ޕްޓޭޖްވެސް ވަނީ ތަހުގީގަށް ހޯދާ ދިރާސާކޮށްފައެވެ. އެއީ 60،072 ގަޑިއިރުގެ ފްޓޭޖެވެ. އަދި މެއި ހައެއްގެ އޮޕަރޭޝަންގެ ތެރެއިން 103 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި 830 ވުރެ ގިނަ މާއްދީ ހެކި ވަނީ ހޯދާފައެވެ.

ސީޕީ ވިދާޅުވީ މިހަމަލާގައި ސައިކަލުގައި ހަރުކޮށްފައި ހުރި ބޮން ގޮއްވާލި އަޙްމަދު އަދުހަމް ހުރީ ޖާނުން ފިދާވެގެން ވެސް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ހަމަލާދޭން ތައްޔާރުވެގެން ކަމަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ