ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ ޒުވާން އެކްޓަރު ހަރްޝްވަރްދަން ރާން އުޅުނީ ވަރަށް ހާލުގައެވެ. ނެރެން ތައްޔާރުވަމުންދާ އޭނާގެ ފިލްމް ޓާއިޝްގެ ޕްރޮމޯޝަންގައި ހަރަކާތްތަކުގައިވެސް ނޫޅެވުނެވެ. ބެޖޯއީ ނަމްބިއާރް ޑައިކެޓް ކުރާ އެ ފިލްމްގެ ޕްރޮމޯޝަން ހަރަކާތްތްތަކުގައި އޭނާ އަށް ނޫޅެވި ގޮސްފައި ވަނީ، ކޯވިޑް-19 ޖެހި ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންނެވެ.
"އަހަރެން އޮތީ އައިސީޔޫގައި ހަތަރު ދުވަސް ވަންދެން އޮކްސިޖަން ސަޕޯޓްގައި. އަހަރެން ވަރަށް ދެރަވޭ ފިލްމް ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިނުވެވުމުން. މިހާރުވެސް އަހަރެން ވަރަށް ބަލި. މިކަން ފެށުނީ ބޮލުގައި ރިއްސާ، ހުން އައިސްފައި ހުންނަތާ ހަތަރު ދުވަސްވުމުން އަހަރެން ހޮސްޕިޓަލަށް ދިޔައީ. އަދި އެ މީހުން ކޮވިޑް-19 އަށް ޓެސްޓުކުރުމުން އެނގުނީ ޕޮޒިޓިވްކަން". އެކްޓަރ ބުނެފައި ވެއެވެ.
އޭނާ ބުނީ، ކޯވިޑް-19 އަށް ޕޮޒިޓިވް ކަން އެނގި، ދެ ދުވަސް ވަންދެންވެސް ބޮލުގެ ރިހުން ނުކެނޑުމުން އަނެއްކާވެސް ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އަދި އެ މީހުން އޭނާ އެޑްމިޓްކޮށް އައިސީޔޫއަށް ލި ކަމަށް ބުންޏެވެ. އަދި އޭނާގެ ބޮލުގެ ރިހުމާއި، ހުން ރަނގަޅުވާން އަށް ވަރަކަށް ދުވަސް ނެގި ކަމަށް ބުންޏެވެ.
ހަރްޝްވަރްދަން ބުނީ، އޭނާގެ ހާލާތާއި މެދު ފިލްމް ޓީމުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ދެ ތިން ފަހަރަކު ބީޖޯއީވެސް އޭނާއަށް ގުޅާ ހާލުވެސް ބަލާ ކަމަށާއި، ޓާއިޝް ފިލްމް ކުޅުމަށްވެސް ހަފްތާއެއްވަންދެން ގޭގައި އޮންނަން ޖެހުނުއިރު، ފިލްމްގެ ޓްރޭލާ ނެރުނުއިރުވެސް އޭނައަށް މެދުވެރިވީ އެފަދަ ކަމެއް ކަމަށް އޭނާ ބުންޏެވެ. ާއަދި އޭނާ އެތައް ފަހަރަކު ފިލްމް ޓީޒާ ބަލާ ހިތްހަމަ ޖައްސާލެވުނު ކަމަށްވެސް އޭނާ ބުންޏެވެ.
ކޮމެންޓު ފޮނުވާ