ފިލިޕީންސްގެ ވެރިރަށުގެ ދެކުނުގެ ސަރަހައްދަކަށް، ބާރުމިނުން 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް މިއަދުގެ ހެދުނުގެ ވަގުތެއްގައި އަތުވެއްޖެއެވެ.
ފިލިޕީންސްގެ ފިލިޕިން އިންސްޓިޓިއުޓް އޮފް ވޮލްކޮނޮލޮގީ އެންޑް ސީސްމޮލޮޖީން ބުނެފައިވާ ގޮތުގައި، ފުންމިނުން 116 ކިލޯމީޓަރު ފުނަށް އައި މި ބިންހެލުމުގެ އާފްޓާރ ޝޮކްތަކުގެ އަސަރުތައް އަދިވެސް މި ސަރަހައްދަށް ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމުގައެވެ.
ފިލިޕީންސްގެ ވެރިރަށުގައި ދިރިއުޅެމުންދާ ބައެއް ފަރާތްތަކަށް ހެނދުނު ހޭލެވިފައިވަނީ މި ބިންހެލުމުގެ ހެލުންތަކުގެ އިހުސާސް ކުރެވިގެންނެވެ. ބިންހެލުމުގެ އަސަރުތައް މިނިޓެއްހާއިރު ވަންދެން ދެމިގެން ދިޔައެއެވެ.
"ބިން ހެލުން އައިސްފައިވަނީ ވަރަށް ފުނަށް ކަމުގައުވާތީ، މި ބިންހެލުމުގެ ނަތީޖާއެއްގެ ގޮތުން ސުނާމީއެއް އައުމުގެ ފުރުސަތެއް ނެތް،" ސިސްމޮލޮޖީ އޭޖެންސީގެ ޑައިރެކްޓަރ ރެނާޓޯ ސޮލިޑަމް ވިދާޅުވެފައި ވެއެވެ. "ވެރިރަށް މެނީލާއަށް ބިން ހެލުމުގެ އަސަރުކޮށް ފައިވަނީ ބާރުމިނުން 4.0 ނުވަތަ 5.0 ގެ ބާރުމިނުގައި، މިއީ މީހުންނަށާއި ތަންތަނަށް އެހާ ގެއްލުން ދެނިވި ބާރުމިނެއް ނޫން."
ސޮލިޑަމް ވިދާޅުވި ގޮތުގައި، ބިންހެލުމުގެ އެޕިސެންޓަރ ވަނީ ބަޓަންގަސް ޕްރޮވިންސްގެ 10 ކިލޯމީޓަރު ދުރުމިނުގައެވެ.
ސައުތު އޭޝިއާގެ ގައުމެއް ކަމުގައިވާ ފިލިޕީންސްއަކީ، ޖޮއިލޮޖީގެ ގޮތުން ވަރަށް ހަރަކާތްތެރި "ޕެސިފިކް ރިންގް އޮފް ފަޔަރ"ގެ ނަން ދެވިފައިވާ ޕްލޭޓްގައި ގާއިމް ވެފައި އޮންނަ ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން ފިލިޕީންސަށް އަބަދުވެސް ގިނަ އަދަދެއްގެ ބިންހެލުންތައް އަންނަމުން ދެއެވެ.
ކޮމެންޓު ފޮނުވާ