ފުވައްމުލައް ސިޓީގައި ނަގާފައިވާ ޓިކްޓޮކަކަށް 22 މިލިއަން ވިއުސް!

ފުވައްމުލައް ސިޓީގައި ނަގާފައިވާ ޓިކްޓޮކަކަށް 22 މިލިއަން ވިއުސް!

ފުވައްމުލަކު ކޮޑަކިޅި ނުވަތަ މަޑްބާތު ނަގާ ކުޅީގައި ކުޅެފައިވާ ޓިކްޓޮކަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

މި ވީޑިއޯ މިހާރު ވަނީ 22 މިލިއަން މީހުން ބަލާފަ އެވެ. އަދި މިހާތަނަށް 4 މިލިއަން ލައިކް މި ޓިކްޓޮކަށް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ބޭރުގެ ބައެއް މީޑިއާ ތަކުގެ ސަމާލުކަންވެސް މި ވީޑިއޯއަށް ވަނީ ލިބިފަ އެވެ.

"ދަ ތްރީ ޑަމްބެލްސް"ގެ ނަމުގައި އޮތް ޓިކްޓޮކް އެކައުންޓުން ޕޯސްޓްކޮށްފައި ވާ މި ވީޑިއޯގައި ފެންނަނީ ފުވައްމުލަކުގައި ޗުއްޓީހޭދަކުރަމުންގެންދާ ފަތުރުވެރިއަކު ކުޅީގެ ޗަކަގަނޑުގެ ތެރެއިން ހުރަސްކުރަން އުޅުމުގެ ތެރޭގައި އޭނާ އެއްކޮށް ކުޅީގެ ފެންގަނޑުގެ ތެރެއަށް އަޑިއަށް ދާ މަންޒަރެވެ.

ވީޑިއޯގެ އޮރިޖިނަލް އަޑާއި އެކު ޕޯސްޓްކޮށްފައި ވާއިރު ކުޅީގެ ޗަކަގަނޑުގެ ތެރެއިން ހުރަސްކުރުމުގެ ކުރިން އޭނާގެ ފަޓުލޫނު ހަޑިވާކަމަށް ބުނެ ފައިވާން ވެސް އަތަށް ނަގައެވެ. އަދި އަހަރެންނަށް މިތަނުން ހުރަސްކުރެވޭނެ ބާއޭ ބުނެ ހުރަސްކުރަން ފުންމާލާ ވަގުތު މުޅި މީހާ އެއްކޮށް ގަނބައި ގަންނަނީ އެވެ.

ގިނަ ބަޔަކަށް މި ޓިކްޓޮކް ވީ ވަރަށް މަޖާ ވީޑިއޯއަކަށެވެ.

@the3dumbbellsFollow me she said, I know a muddy shortcut ##muddy ##muddypuddles ##shortcut ##Fuvahmulah ##fuvumullah♬ original sound – The 3 Dumbbells

ބެލެވޭގޮތުގައި މި ފަތުރުވެރިޔާއަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. މި އެކައުންޓުގައި މިނޫންވެސް ފުވައްމުލަކުގައި ކުޅެފައިވާ ގިނަ އަދަދެއްގެ ޓިކްޓޮކް ވީޑިއޯ އަޕްލޯޑްކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ޓައިގަރ ޝާރކް ބަލަން ގޮސް ނަގާފައިވާ ވީޑިއޯ އާއި ފުވައްމުލަކުގެ ރީތި އެކި މަންޒަރުތައް ފެންނަ ވީޑިއޯ ހިނެމެއެވެ. އަދި ސައިކަލު ދުއްވާއިރު ހެލްމެޓް އެޅުމަށް އިރުޝާދުދީ ނަގާފައިވާ ވީޑިއޯއެއްވެސް ފާހަގަކޮށްލެވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *