ރޭޕް މައްސަލަތަކަށް އިންސާފު ހޯދަން މިއަދު މުޒާހަރާ ފައްޓަނީ

ރޭޕް މައްސަލަތަކަށް އިންސާފު ހޯދަން މިއަދު މުޒާހަރާ ފައްޓަނީ

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 01:43
0

ޖިންސީ ގޯނާއާއި ރޭޕް ކުރުންފަދަ މައްސަލަތަކަށް އިންސާފު ނުލިބި، ދައުލަތުގެ އިސްވެރިންގެ ފަރާތްޕުޅުން އިވެމުންދާ ވާހަތަކާއި ގުޅިގެން މިކަންކަމާއި ދެކޮޅަށް މިއަދު މާލޭގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

މިއަދުގެ މުޒާހަރާ އިންތިޒާމު ކުރަނީވެސް މީގެ ކުރިންވެސް ޖިންސީ ގޯނާއާއި ފުރައްސާރައާއި ދެކޮޅަށް މާލޭގައި މުޒާހަރާކޮށް އަޑުއުފުލާފައިވާ  ވޮއިސް އޮފް ޗިލްޑްރަން ޖަމިއްޔާއިންނެވެ. މިއަދު ހަވީރު އެ މުޒާހަރާ އޮތީ މަޖީދީ މަގު، ހުސްނޫގެ ކުރިމަތީގައެވެ. މިއީ މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އަޑު އުފުލާފައިވާ ޖެންޑާ މިނިސްޓްރީ ކުރިމައްޗެވެ.

މިމުޒާހަރާ ކުރުމަށް މިއަދު ނިންމާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ވިދާޅުވެ ރޭޕާއި ޖިންސީ ފުރައްސާރައަކީ ކުޑަކަމެއްކަމަށް ދޭހަވާ އިބަރާތަކުން މިމިނިސްޓަރ އިމްރާން ވާހަކަ ދެއްކާފައި ވަނިކޮށެވެ.

މިމައްސަލާގައި ގިނަބައެއްގެ ފާޑުކިޔުން މިނިސްޓަރ އިމްރާނަށް ކުރިމަތި ވެފައިވާއިރު، މިކަމުގެ ސަބަބުން މިހާރު ހުށަހެޅިފައިވާ ޖިންސީ ފުރައްސަރައާއި، ގޯނާގެ މައްސަލަތައް އިންސާފުވެރިކަމާއިމެދު ބެލިދާނެކަމަށް ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.