އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށްޓަކައި، އޮންލައިންކޮށް ރީ ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ. މިއީ އިލެކްޝަން ކޮމިޝަނުން އޮންލައިންކޮށް ރީ ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު އޮންނަ 5 ފަސް ދާއިރާގައި އޮންލައިންކޮށް ރީރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާއިރު، ރީ-ރަޖިސްޓްރީ ވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 26 އެވެ. ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. މިޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ނަމަވެސް، 2021 އޮގަސްޓް 31ވަނަ ދުވަހުގެ ނިޔަލަށް އައިޑީ ކާޑުގެ މުއްދަތު އިތުރުކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން އަންގައިފައިވާތީ، މުއްދަތު
ހަމަވެފައިވާ އައިޑީ ކާޑު ޤަބޫލުކުރެވޭނެކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އޮގަސްޓު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2021 ޖުލައި 22 ވާ ބުރާސްފަތި ދުވަހުގެހެނދުނު 10:00އިން ފެށިގެން 2021 ޖުލައި 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ފުރުޞަތުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވަނީ ނޮޅިވަރަން، ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަންޏެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެމެމްބަރުން ވަނީ އިންތިޚާބަކާއި ނުލައި، އިންތިޚާބު ވެފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރާރުއެމްގެ 3 މެމްބަރުންނެވެ. ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަކީ ރާއްޖޭގެ ތާރީޚުގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ