މާޓާގެ މޮޅުކުޅުމާއެކު ބްރެޒިލްއަށް ފަސްތަރީގެ މޮޅެއް

މާޓާގެ މޮޅުކުޅުމާއެކު ބްރެޒިލްއަށް ފަސްތަރީގެ މޮޅެއް

Author
އިބްރާހީމް ސާޢިދު
22 ޖުލައި 2021 11:10
0

މިހާރު ޖަޕާނުގެ ޓޯކިޔޯގައި ކުރިޔަށްދާ އޮލިންޕިކްސް އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ބްރެޒިލްއިން ކުޅުނު ފުރަތަމަ މެޗުގައި ބޮޑު މޮޅެއް ހޯދައިފިއެވެ.

ބްރެޒިލް ފުރަތަމަ މެޗު މޮޅުވީ ޗައިނާއާ ވާދަކޮށް 5-0 ލަނޑުން. މެޗުގައި ބްރެޒިލްގެ ކުރީގެ މޮޅު ކުޅުންތެރިޔާ މާޓާ ވަނީ ދެލަނޑުޖަހާފައެވެ. މިއާއެކު އޭނާ އޮލިންޕިކްސް ޖެހި ލަނޑުގެ އަދަދުވަނީ 11 އަށް އަރާފައެވެ. 2002 ވަނަ އަހަރު ގައުމީޓީމަށް ކުޅެން ފެށި މާޓާ ވެފަވަނީ ވިދިވިދގެން ފަސް އޮލިންޕިކްސް ގޭމްސްގައި ލަނޑުޖެހި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ.

މިހާރު އުމުރުން 35 އަހަރު މާޓާ ވެފައިވަނީ ގޭމްސްގައި ވާދަކުރާ އުމުރުން އެންމެ ދުވަސްވީ ދެވަނަ އެތުލީޓަށެވެ. އޮލިންޕިކްސް ރަސްމީކޮށް ފެއްޓުމުގެ ދެދުވަސް ކުރިން ވަނީ އަންހެނުންގެ ފުޓްބޯޅަ އިވެންޓު ފަށާފައެވެ. އަންހެނުން ފުޓްބޯޅަ އިވެންޓުގައި 12 ޓީމު ވާދަކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.