މިހާރު ޖަޕާނުގެ ޓޯކިޔޯގައި ކުރިޔަށްދާ އޮލިންޕިކްސް އަންހެނުން ފުޓްބޯޅަ އިވެންޓުގައި އަލަށް ވާދަކުރާ ޒެންބިޔާ ކޮޅަށް 10 ލަނޑުޖަހައިފައެވެ.
މުބާރާތުގައި ޒެންބީ ކުޅުނު ފުރަތަމަ މެޗުގައި ޒެންބިޔާ ކޮޅަށް 10 ލަނޑުޖެހީ ނެދެލެންޑްސް އިންނެވެ. 2019 އަހަރުގެ އަންހެނުންގެ ވޯލްޑްކަޕް ރަނަރަޕްކަން ހޯދި ނެދަލެންޑް އިން މެޗު ކާމިޔާބު ކުރީ 10-3 ލަނޑުން. މިމެޗުގައި ޒެންބިޔާއިން ޖެހި ތިން ލަނޑުވެސް ކާމިޔާބު ކޮއްދިނީ ބާބާ ބަންޑާއެވެ.
ބާބާ ބަންޑާ މިގޯލް ވެގެންދިޔައީ އޮލިންޕިކް ފުޓްބޯޅަ މުބާރާތުގައި އަންހެނުންގެ ފުޓްބޯޅަ އިވެންޓުގައި ޒެމްބިޔާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަށެވެ. އުމުރުން 21 އަހަރުގެ ޕްރޮފެޝެނަލް ބޮކިސިންގައި ހަރަކާތްތެރިވާ ބާބާ ވެގެން ގޮސްފަވަނީ އޮލިންޕިކް ފުޓްބޯޅަ އިވެންޓުގައި މެޗެއްގައި ތިންލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ޒެންބިޔާ މުބާރާތުން ޖާގަ ހޯދީ 2019 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައި ބަލިވި ކެމެރޫން އާއި 9 ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދި ނައިޖީރިޔާ ފަހަތަށް ޖައްސާލުމަށްފަހުއެވެ. ޒެންބިޔާއަށް ވުރެ ފީފާ ރޭންކިންގެ 100 ދަރަޖަ މަތީގައި އުޅޭ ނެދަލޭންޑްގެ ކޯޗަކީ އިނގރޭސިވިލާތުގެ ސަރީނާ ވީމޭންއެވެ.