ޒައިދު އިމްރާންގެ ދިފާއުގައި ނިކުންނަވައިފި، ދައްކަނީ ހަގީގަތާއި ޚިލާފް ވާހަތަކެއް!

ޒައިދު އިމްރާންގެ ދިފާއުގައި ނިކުންނަވައިފި، ދައްކަނީ ހަގީގަތާއި ޚިލާފް ވާހަތަކެއް!

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 01:32
0

ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ބުނެ މިނިސްޓަރ އިމްރާން ދެއްކި ވާހަތަކާއި ގުޅިގެން ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރުތަކެއްކަމަށްބުނެ ޝައިޚު އަލީ ޒައިދު އިމްރާން ދިފާއު ކުރައްވައިފިއެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ހުޅުމާލޭގައި ސަފާރިއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢާންމު ޕަބްލިކް ތަނެއްގައި ހުރެފަވެސް ބައެއްގެ ތެރޭގަވެސް ހުރެފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަންވެސް ނޭގޭނެވެސް ކަމެކޭ ހިނގާފަ މިއޮތީ. އެކަން ރިޕޯޓް ކުރެވިގެން އާއިރު އޭނާގެ ބަޔާންވެސް އެކި ގޮތްގޮތުން އެކި ފަހަރު މަތިން ބަދަލުވެ އޭތި ބޮޑުވެ ނޫސްތަކަށް އައިގޮތާ މިހުރިހާ އެއްޗަކަށް ބެލީމަ އަސްލުގަ ވަރަށް ބޮޑު ހަގީގަތާއި ޚިލާފް ވާހަކައެއް ދެކެވެނީ. އިނގޭތޯ. އެމައްސަލާ އާންމުގެ ތެރޭގަ ދެކެވޭކަހަލަ ބޮޑު ރޭޕް ކޭސްއެއް ނެތް. މިއީ ހަގީގަތަކީ.

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާންގެ މިވާހަތަކާއި ގުޅިގެން ޝައިޚު އަލީ ޒައީދު ވިދާޅުވީ މިނިސްޓަރ އިމްރާން ދެއްކި ވާހަތައް މީީޑޔާތަކުން ދައްކަނީ ހަގީގަތް އޮޅުވާލައި އަގުވައްޓާލުމަށްކަމަށެވެ. ނަމަވެސް އެކަން ވިޔަކަ ނުދެއްވާނެކަމަށްބުނެ ޒައިދު ވަނީ އިމްރަން ދިފާއު ކުރައްވާފައެވެ. އަދި އިމްރާން ދެއްކެވި ވާހަތަކުގެ އޯޑިޔޯ އަޑު އެއްސެވުމަށް ޒައިދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރޭޕް ކޭސްއާއި ގުޅިގެން މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އަދި މިކަމުގެ ސަބަބުން ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާތައް އާންމުވެ މުޖުތަމައުގެ ރައްކާތެރިކަން ގެއްލިދާ ހިސާބަށް ގޮސްފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.