ކާމިޔާބު ޕާޓީއަކަށް ވާންއެދޭނަމަ، ޕީޕީއެމްއިން ދައްކާ ނަމޫނާގައި ހިފަންޖެހޭ: ޝަހީމް

ކާމިޔާބު ޕާޓީއަކަށް ވާންއެދޭނަމަ، ޕީޕީއެމްއިން ދައްކާ ނަމޫނާގައި ހިފަންޖެހޭ: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 08:24
0

ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ޕާޓީއަކަށް ވާން އެދޭނަމަ ޕީޕީއެމް އިން ދައްކާ ރިވެތި ޤައުމީ އަދި އިސްލާމީ ނަމޫނާގައި ހިފަންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް ކުރީގެ ދެ މެމްބަރަކާއި، ކުރީގެ ވަޒީރު މަލީހު ސޮއިކުރުމަށް ބޭއްވިރަސްމިއްޔާތަށް އިޝަރާތް ކުރައްވައި ޑރ.ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިޔާސީ ގޮތުން ކާމިޔާބުވާނީ، އިސްލާމްދީނާއި، ދިވެހިންގެ ރިވެހި އަޚުލާގުގައި ހިފައި އެގޮތަށް ކުރިއަށްދާ ޕާޓީއަކަށް ކަމުގައެވެ. ރާއްޖޭގައި އެމަގުން މަސައްކަތް ކުރާތަން ފެންނަނީ ހަމައެކަނި ޕީޕީއެމްއިން ކަމަށާއި، ޕީޕީއެމްއިން ދައްކަމުންދާ މި ނަމޫނާގައި  ހިފައި އެހެން ހުރިހާ ޕާޓީއަކުން މިގޮތަށް މަސައްކަތް ކުރެވޭތޯ ބަލަންޖެހޭ ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

ޕީޕީއެމްއިން އަބަދުވެސް ދައްކަމުންދަނީ ޕާޓީގެ ލީޑަރޝިޕަކީ ހަރުދަނާ ފުދުންތެރި ބައެއް ކަމަށާއި، އަބަދުވެސް ޕީޕީއެމްއިން ކަންކަމުގައި ނިންމާ ނިންމުންތައް ބިނާވެފައިވަނީ ޤައުމީ މަސްލަހަތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮންމެ ޕާޓީއެއްވެސް ކާމިޔާބު ވާން އެދޭނަމަ ޕީޕީއެމް އިން ދައްކާ ރިވެތި ޤައުމީ އަދި އިސްލާމީ ނަމޫނާގައި ހިފަންޖެހޭ. ޕީޕީއެމްއިން އެ ދައްކައިދެނީ ލީޑަރޝިޕްގެ ހަރުދަނާ ކަމާއި ފުދުންތެރިކަން. ޤައުމީ މަސްލަހަތު އިސްކޮށް ފިކުރީގޮތުން އެއްގޮތް ވިސްނުމުގެ ސަފުތައް ބަދަހިވާންޖެހޭ.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ މިހާލަތުގައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ތާއީދު  ކުރާމީހުން ގިނަވެ، ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ ބޭފުޅުން ދަނީ ޕީޕީއެމްއާއި ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސަ
ޟަހީމަށް ހަމަ ރަނގަޅަށް އެނގޭނެ 1.4 ބިލިއަންގެވައްކަމެއްކުރިކަން ރައީސޔާމީނުދައްކާފައިހުރިވާހަކަ އެހެރީފޭސްބުކުގައި މިހުރިހައިކަމެއް އެނގޭއިރު ޑޮކުޓަރެއް ޟައިޚެއް ތެދުބަހެއް ވިދާޅުވާނަމަ ތިޔަހެން ވިދާޅެއް ނުވެވޭނެ ދީނީޢިލްމުވެރިއެއްގެބަސް ހުންނަންޖެހޭނީﷲ ބާވައިލެއްވިގޮތައް ބަސް ކަތިނަމަ އެއީޢިލްމުވެރިއަކަށްނުބެލޭނެ އޭރުން ވާނީ ސިޔާސީމީހަކަށް