2021 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ރަގަޅު އެއަރލައިންތައް އިއުލާން ކޮށްފި

2021 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ރަގަޅު އެއަރލައިންތައް އިއުލާން ކޮށްފި

Author
ހުސެއިން
21 ޖުލައި 2021 08:11
0

2020ވަނަ އަހަރު ވެގެން ދިޔައީ ދުނިޔޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ނުހަނު ގޮންޖެހުން ބޮޑު އަހަރަކަށެވެ. ސަބަބަކީ މުޅި ދުނިޔޭގައިވެސް އަދިވެސް ފެތުރެމުންދާ ކޯވިޑްގެ ނުރައްކާތެރި ބަލިކަމާއި ގުޅިގެން 2020ވަނަ އަހަރު ދުނިޔޭގެ ގިނަ އެއަރލައިންތަކުގެ ގިނަ އަދަދެއްގެ ފްލައިޓްތަކަށް އުދުހުމުގެ ފުރުސަތު ލިބިގެން ގޮސްފައި ނުވާތީއެވެ.

އެހެންމަވެސް 2021ވަނަ އަހަރު ދެބައި ވެގެންދާއިރު، AirlineRatings.com އިން މިވަނީ އެ ވެބްސައިޓުން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ ދުނިޔޭގެ އެންމެ ކާމިޔާބު، ނުވަތަ އެންމެ ރަގަޅު އެއަރލައިންތައް އިއުލާން ކޮށްފައެވެ.

އޮސްޓްރޭލިއާގައި ގާއިމްވެފައިވާ އޭވިއެޝަނަ ސޭފްޓީ އެންޑް ޕްރޮޑަކްޓް ރޭޓިންގެ އޭޖެންސީއިން އެ އޭޖެންސީގެ އެއަރލައިން އެކްސެލެންސް އެވާރޑް ދޭނެ ޝަރުތުތަށް ކަޑައަޅަނީ، އެއަރލައިންތަކުން ގެންގުޅޭ ބޯޓުތަކުގެ އުމުރާއި، ބޯޓުތަކުން ދަތުރުކުރާ ފެސެންޖަރުން ޚިދުމަތްތަކަށް ބަލައިގެންފައިވާ މިންވަރަށް ބަލައިގެންނެވެ. މިއަހަރު، މީގެތެރޭގައި އެއަރލައިންތަކުގެ ކޯވިޑް19އާއި ގުޅޭ ޚިދުމަތްތައް ބަލައިގެންފައިވާ މިންވަރުވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.

އެއަރލއިން ރޭޓިންގެ 2021 ވަނަ އަހަރުގެ ރޭންކިންގ އަށް ބަލާއިރު، މިފަހަރު މުޅިން އަލަށް އެއްވަނަ ހާސިލް ކޮށްފައިވަނީ ޤަތަރު އެއަރލައިން އިންނެވެ. މިއީ މީގެ ކުރީ އަހަރުގެ މި ލިސްޓުން އެއްވަނަ ހޯދި އެއަރ ނިއުޒިލޭންޑް ފަހަތަށް ޖައްސާލުމަށްފަހު ޤަތަރު އެއަރލައިންއިން މި ލިސްޓުން ހޯދި ޖާގައެކެވެ. އެއަރ ނިއުޒިލޭންޑްއަކީ ފާއިތުވި އަހަރުތަކުގައި މި ލިސްޓުން 6 ފަހަރު އެއްވަނަ ހޯދާފައިވާ އެއަރލައިން އެކެވެ.

އެއަރ ނިއުޒިލޭންޑަށް މިފަހަރު ލިސްޓުން ލިބިފައިވަނީ ދެވަނައެވެ.

ފާއިތުވެދިޔަ އަހަރު އެއްވަނަ ހޯދި އެއަރ ނިއުޒިލޭންޑަށް މިފަހަރު ލިބިފައވަނީ ލިސްޓުން ދެވަނަ

އެއަރލައިން ރޭޓީންގސްގެ އެޑިޓަރ އިން ޗީފް ގޮފްރޭ ތޯމަސް ސީއެންއެން ޓްރަވެލްއަށް މައުލޫމާ ދެއްވަމުން ވިދާޅުވެފައިވަނީ، މިފަހަރުގެ ލިސްޓުން ޤަތަރު އެއަވޭސްއަށް އެއްވަަނަ ލިބިފައިވަނީ، ކޯވިޑް19 ކާރިސާގައި އެ އެއަލައިންއިން ފޯރުކޮށް ދީފައިވާ ޚިދުމަތްތަކުގެ މައްޗަށް ބަރޯސާކޮށް ކަމަށެވެ.

"ޤަތަރު އެއަރވޭސްއަކީ އަބަދުވެސް ވަރަށް މަތީގަ އުޅޭ އެއަރލައިންއެއް، އެމީހުން ވަނީ ފާއިތުވެދިޔަ ތަނުގައިވެސް ތަފާތު އެތަކެއް އެވޯޑްތަކެއް ހާސިލް ކޮށްފައި، މީގެތެރޭގައި "ބެސްތް ބިޒްނަސް ކްލާސް އެވޯޑު"ވެސް ހިމެނޭ، އެހެންނަމަވެސް، މި އެއަރލައިނުންވަނީ އެމީހުންގެ ޚިދުމަތްތަކުގެ ނެޓްވާރކް ނުހަނު ފުޅާ ދާއިރާއަކަށް ހުޅުވާލާފައި، އަދި ނަތީޖާއެއްގެ ގޮތުން ޖަޖުންގެ ސަމާލުކަންވެސް އަދި ޖަޖުންގެ ވޯޓުވެސް މިއެއަލައިނަށް ލިބިގެން ގޮސްފައިވަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޤަތަރު އެއަރލައިނުން ގައުމުތަކުގެ ސަރުކާރުތަކުގެ އަދުމަށް ގައުމުތަކުގެ ރައްޔިތުން އެގައުމުތަކަށް ގެންދިއުމަށް ކޮށްފައިވާ ދަތުރުތަކާއި، އަދި މުޅި ކޯވިޑް ކާރިސާގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގައިވެސް ޕަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަށް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަށެވެ.

އެއަރލައިން ރޭޓިންގެއިން، އާންމު ގޮތެއްގައި، ކުރިޔަށް އޮތް އަހަރަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެއަރލައިންތައް ރޭޓު ކުރުމަށްފަހު ނަތީޖާ އާންމު ކުރަނީ ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުއެވެ. އެހެންނަމަވެސް، އަދިވެސް މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑްގެ ނުރައްކާތެރިކަމުގެ ސަބަބުން، އޭވިއޭޝަން ސޭފްޓީ އަދި ޕްރޮޑަކްޓް ރޭޓިން އޭޖެންސީއަށް މިއަހަރުގެނަތީޖާ ކުރިން އާންމުކުރަން މަޖުބޫރު ވީއެވެ.

އާންމުގޮތެއްގައި، އެއަރލައިންތައް ރޭޓް ކުރުމުގައި ކޮންމެ އަހަރަކުވެސް، އެންމެ ބޮޑު ފައިދާއެއް ލިބޭ އެއަރލައިންތަކަށް ބަލަމުން އަައިނަމަވެސް، ކޯވިޑް ކާރިސާގެ ސަބަބުން، އެއަރލައިންތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، މިއަހަރު އެއަރލައިންތައް ރޭޓް ކުރުމުގައި އެއަރލައިންތަކުގެ މާލީ ހާލަތަށް ބަލާފައެއް ނުވެއެވެ.

ޤަތަރު އެއަރލައިންސްއާއި އެއަރ ނިއުޒިލޭންޑްގެ ފަހަތުން މިހަފަރު ލިސްޓުން ތިންވަނަ ހޯދާފައިވަނީ ސިންގަޕޯރ އެއަރލައިންސް އިންނެވެ. ސިންގަޕޯރ އެއަރައިންނަކީ 2019ވަނަ އަހަރު މިލިސްޓުން އެއްވަނަ ހޯދި އެއަރލައިންއެވެ.

ލިސްޓުން މިފަހަރު 3 ވަނަ ހޯދާފައިވަނީ ސިންގަޕޯރ އެއަރލައިންސްއިން

މިފަހަރުގެ ލިސްޓުން 4 ވަނަ ހޯދާފައިވަނީ ކުއާންޓަންސްއެވެ. އަދި މިއަހަރު، އެއަރލައިން ރޭޓިންއިން، މުޅިން ވަކިން، އެންމެ ރައްކާތެރި އެއަރލައިންއެއްގެ ގޮތުގައި ރޭޓް ކޮށްފައިވަނީ، އައުއްސީ އެއަރލައިންއެވެ.

ލިނސްޓުން ފަސްވަނަ ހޯދާފައިވަނީ، ދުބާއީގެ އެމިރޭޓްސް އެއަރލައިންއެވެ.

ދުނިޔޭގެ 20 އެއަރލައިންއެއް ރޭންކު ކުރުމަށްފަހު އެއަރލައިން ރޭޓިންއިން ވަނީ އިތުރު އެވާރޑްތަކެއްވެސް އެއަރލައިންތަކަށް ދީފައެވެ. މީގެތެރޭގައި އެންމެ ރަގަޅު ފަރސްޓް ކުލާސް އެވާރޑް ލިބިފައިވަނީ ސިންގަޕޯރ އެެއަރލައިންއަށެވެ. އެންމެ މޮޅު ކްބިން ކުރޫ އެވާރޑް ލިބިފައިވަނީ ވާރޖިން އޮސްޓްރޭލިއާ އަށެވެ. އެންމެ މޮޅު އެއަރޕޯޓް ލައުންޖު އެވާރޑް ލިބިފައިވަނީ ކުއާންޓަން އެއަރލައިން އަށެވެ.

ހަމަ އެއާއެކު، ބަޖެޓް އެއަރލައިންއެއް ކަމުގައިވާ އީޒީޖެޓް އިންވަނީ ޔޫރަޕްގެ "ލޯ-ކޯސްޓް" އެއަރލައިން އެވާރޑް ހާސިލް ކޮށްފައެވެ. އަދި މި ކެޓަގަރީން އޭޝިއާ ޕެސިފިކްގެ އެންމެ ރަގަޅު އެއަރލައިންއަކަށް ހޮވިފައިވަނީ ޖެޓްސްޓާރ އެއަރލައިންއެވެ. އަދިސައުތުވެސްޓްގެ މި ކެޓަގަރީގެ އެންމެ މޮޅު އެއަރލައިންއަކަށް ހޮވިފައިވަނީ އެމެރިކަންސް އެއަރލައިންއެވެ.

އެއަރލައިން ރޭޓިންގއިން 2021 ވަނަ ހޮވާފައިވާ އެންމެ ރަގަޅު 20 އެއަރލައިންއަކީ:

  1. ޤަތަރު އެއަރވޭސް
  2. އެއަރ ނިއުޒިލޭންޑް
  3. ސިންގަޕޯރ އެއަރލައިންސް
  4. ކުއާންޓަންސް
  5. އެމިރޭޓްސް
  6. ކެތޭ ޕެސިފިކް
  7. ވާޖިން އެޓްލާންޓިކް
  8. ޔުނައިޓެޑް އެއަރލައިންސް
  9. އީވާ އެއަރ
  10. ބްރިޓިޝް އެއަރވޭސް
  11. ލުފްތަންސާ
  12. އަނާ
  13. ފިންއެއަރ
  14. ޖަޕާން އެއަރލައިންސް
  15. ކޭއެލްއެމް
  16. ހަވާއިއަން އެއަރލައިންސް
  17. އަލަސްކާ އެއަރލައިންސް
  18. ވާޖިން އޮސްޓްރޭލިއާ
  19. ޑެލްޓާ އެއަރލައިންސް
  20. އިއްތިހާދު އެއަރވޭސް

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.