ރެނާޓޯ ހޯދުމުގެ ރޭހުގެ ކުރީގައި ބާސެލޯނާ

ރެނާޓޯ ހޯދުމުގެ ރޭހުގެ ކުރީގައި ބާސެލޯނާ

Author
އިބްރާހީމް ސާޢިދު
20 ޖުލައި 2021 12:14
0

ޕޯޗުގަލްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމުގެ ރޭހަށް ބާސެލޯނާ އިން ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 23 އަހަރުގެ ރެނާޓޯ ގަންނަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ ލިވަޕޫލާއި އާސެނަލްއެވެ. އެކަމަކު، ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އިން ވެސް ވަނީ ރެނާޓޯ ހޯދުމުގެ ރޭހުގައި ބައިވެރިވެފައެވެ. ރެނާޓޯ ވަނީ މި ފަހަރުގެ ޔޫރޯގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އެހެންވެ، ފްރާންސްގެ ލިލްއަށް ކުޅޭ ރެނާޓޯގެ ޑިމާންޑް ވަނީ ބޮޑުވެފައެވެ.

ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި ބާސެލޯނާ އިން ރެނާޓޯގެ ސޮއި ހޯދުމުގައި ސީރިއަސްކޮށް މަސައްކަތް ކުރަން ފަށާނީ އެ ޓީމުން އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް ހޯދަން ކުރާ މަސައްކަތް ފެއިލްވެއްޖެނަމައެވެ.

ރެނާޓޯ، ލިލް އަށް ބަދަލުވީ 2019 ވަނަަ އަހަރު 30 މިލިއަން ޑޮލަރަށެވެ. އޭނާ އަކީ ލިލްގެ ތާރީހުގައި އެ ޓީމަށް ސޮއިކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިލް އިން ފްރެންޗް ލީގު ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.