ނޭހާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!

ނޭހާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!

Author
ފާތިމަތު ނާވީ
19 ޖުލައި 2021 10:19
0

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ނޭހާ ދުޕިއާ އާއި އަންގަދް ބޭދީއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.

އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކުރަމުން ނޭހާ ބުނެފައިވަނީ، މި ފޮޓޯގެ ކެޕްޝަންގައި ލިޔާނެ އެއްޗަކާއި މެދު ވިސްނުމަށް ދެ ދުވަސް ހޭދަވިކަމަށެވެ. މި ފޮޓޯއިން އެ ކުޑަ ކުޑަ އާއިލާ ފެނިގެން ދިއައީ ކަޅުކުލަގެ އައުޓްފިޓްގަ އެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

ނޭހާ އާއި އަންގަދް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މިއީ ވަރަށް ކުއްލި ގޮތަކަށް ކުރެވިގެން ދިއަ ކައިވެންޏެކެވެ. އަދި ކައިވެންޏަށް 6 މަހުގައި އެމީހުންގެ ފުރަތަމަ ދަރިފުޅު މެހެރް ދޫޕިއާ ބޭދީ ވަނީ ލިބިފައިއެވެ.

އަންގަދް އެންމެ ފަހުން ފެނިގެން ދިއައީ "ގުންޖަން ސަކްސޭނާ" އިންނެވެ. އަދި ނޭހާ އަންނަނީ އޭނާގެ "ނޯ ފިލްޓާ" ޓޯކް ޝޯވްގައި އަވަދެނި މަސައްކަތް ކުރަމުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.