"ތޫފާން"ގައި ފެންނަ ފަރްހާންގެ ހަށިގަނޑު ބިލްޑުކުރަން ބުރަ މަސައްކަތެއް!

"ތޫފާން"ގައި ފެންނަ ފަރްހާންގެ ހަށިގަނޑު ބިލްޑުކުރަން ބުރަ މަސައްކަތެއް!

Author
ފާތިމަތު ނާވީ
23 ޖުލައި 2021 08:07
0

މި ހަފްތާގައި ފަރްހާން އަޚްތަރު ވަނީ އިންސްޓަގްރާމުގައި ފިލްމް "ތޫފާން"އަށް އޭނާ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު ފެންނަ ފޮޓޯއެއް ޕޯސްޓްކޮށްފަ އެވެ.

މި ފޮޓޯ ހިއްސާ ކުރަމުން ފަރްހާން ވަނީ އޭނާ ހަށިގަނޑަށް ގެނެސްފައިވާ ބަދަލުގެ ތަފްސީލް ވެސް ދީފައިއެވެ. އެގޮތުން އޭނާ ބުނެފައިވަނީ 69 ކިލޯ އިން އޭނާ ފުރަތަމަ 85 ކިލޯ އަށް ބަރުދަން އިތުރު ކުރުމަށް ފަހު އަލުން އޭނާ ވަނީ 77 ކިލޯ އަށް ބަރުދަން ލުއި ކޮށްފައިއެވެ.

ފަރްހާންގެ ފޮޓޯތަކުން މިކަން ވަރަށް ރަނގަޅަށް ފެންނަން ހުރެއެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

ފަރްހާން ހަށިގަނޑަށް މިގެނައި ބަދަލާއިއެކު ގިނަ ތަރިންތަކެއް ވަނީ މި ޕޯސްޓަށް ތައުރީފް ކޮށްފައިއެވެ.

އޯމް ޕްރަކާޝް މެހެރާގެ ފިލްމް "ތޫފާން" ގައި ފަރްހާން ކުޅެފައިވަނީ "ސްޓްރީޓް ތަގް" އެއް ޕްރޮފެޝަނަލް ބޮކްސަރަކަށް ވުމަށް ކުރާ އުންމީދު ތަކެވެ.

މި ފިލްމަކީ 2013 ވަނަ އަހަރުގެ "ބާގް މިލްކާ ބާގް" އަށް ފަހު މެހެރާ އާއި ފަރުހާން އެކުގައި މަސައްކަތްކުރި ފުރަތަމަ ޕްރޮޖެކްޓެވެ.

"ތޫފާން" ގައި ފަރްހާންގެ އިތުރުން މުރްނާލް ޓާކޫރާއި ޕަރޭޝް ރާވަލް ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.