ހިލޭ ޓްރާންސްފާއެއްގައި ޖިރޫޑް މިލާނަށް

ހިލޭ ޓްރާންސްފާއެއްގައި ޖިރޫޑް މިލާނަށް

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2021 10:31
0

ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އޭސީ މިލާނަށް ބަދަލުވެއްޖެއެވެ.

އާސެނަލް ދޫކޮށް ޖިރޫ ޗެލްސީ އަށް ބަދަލުވީ ޖެނުއަރީ 2018 ގައެވެ. އޭނާ އާސެނަލް އަށް ސޮއިކުރީ 2012 ގައި މޮންޓްޕީލިއާ އިންނެވެ. އެ ކްލަބާ އެކު ޖިރޫ ވަނީ ފްރާންސްގެ ލީގު ހޯދައިފައެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ޖިރޫޑް މިލާނަށް ބަދަލުވިއިރު، އޭނާ އެންމެ ފަހުން ޗެލްސީގެ އެއްބަސްވުން އާކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި، މި ނިމުނު ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ގެނައި ފަހުން ޖިރޫޑަށް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖިރޫޑް ވަނީ މިލާނާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. މިލާނުން ޖިރޫޑުގެ ސޮއި ހޯދިއިރު، އޭނާ ހޯދަން ޔުވެންޓަސްއިންވެސް މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަންގައި މިލާންއަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޒްލަޓާން އިބްރޮހިމޮވިޗެވެ. އޭނާ އަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ވަނީ ޖޫން މަހު އޮޕަރޭޝަނެއް ކޮށްފައެވެ. އަލުން ކުޅެން ނުކުމެވޭނެ އިރެއް ބުނާކަށް ނޭނގޭއެވެ. މިލާން އިން މިދިޔަ ސީޒަންގައި ލީގު ނިންމާލީ ދެ ވަނައިގައެވެ.

އެއީ 2012 ގެ ފަހުން އެ ޓީމުން ލީގުގައި ހޯދި އެންމެ ބޮޑު ކުރި އެރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.