މާލޭ ސިޓީ ކައުންސިލުން ހަފްތާ ނޫހެއް ނެރެންފަށައިފި

މާލޭ ސިޓީ ކައުންސިލުން ހަފްތާ ނޫހެއް ނެރެންފަށައިފި

Author
ޢަލީ އާދަމް
17 ޖުލައި 2021 07:04
0

މާލޭ ސިޓީ ކައުންސިލުން "އަތަމަނަ"ގެ ނަމުގައި ހަފުތާ ނޫހެއް ނެރެން ފަށައިފި އެވެ.

މި މަސައްކަތް ފެށުމަށް އެކައުންސިލުން ނިންމާފައިވަނީ 15 ޖުލައި 2021 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ ކުއްލި ބައްދަލުވުމުންނެވެ.

އެގޮތުން ކައުންސިލުން ކަނޑައަޅާ އެޑިޓޯރިއަލް ބޯޑެއް ހަމަޖައްސައި އެ ބޯޑުގެ ބެލުމުގެ ދަށުން މި ނޫހުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ނިންމާފައި ވާކަމަށް އެކައުންސިލުން ބުނެއެވެ. އަދި މި ނޫހުގެ ބޭނުމަކީ ކައުންސިލުން ހިންގާ ޙަރަކާތްތައް ރައްޔިތުންނަށާއި އެހެން މީޑިއާތަކަށް ފޯރުކޮށްދީ އެ މީޑިއާތަކަށްވެސް ޚަބަރު ހެދުމަށް ފަސޭހަކުރުމާއި ކައުންސިލާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ނޫހުގައި ހިމެނޭނީ ކައުންސިލުން އެ ހަފުތާއެއްގައި ހިންގާފައިވާ ކަންކަމުގެ ޚަބަރުތަކާއި ޢާއްމުކުރެވޭ އެކިއެކި ލިޔެކިޔުންތަކެވެ.

ހަފުތާއަކު އެއްފަހަރު ނެރޭ މި ނޫސް ރައްޔިތުންނަށް ހިލޭ ބަހާގޮތަށް ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.