އެކްޓްރެސް ޝެފާލީ ޝާހާއި ޑިޒައިނަރ މަނީޝް މަލްހޯތުރާވެސް ޑައިރެކްޝަނަށް!

އެކްޓްރެސް ޝެފާލީ ޝާހާއި ޑިޒައިނަރ މަނީޝް މަލްހޯތުރާވެސް ޑައިރެކްޝަނަށް!

Author
ފާތިމަތު ނާވީ
19 ޖުލައި 2021 10:00
0

ބޮލީވުޑްގެ އެކްޓްރެސް ޝެފާލީ ޝާހާއި ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާ ފިލްމް ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ޝެފާލީ އިންސްޓަގްރާމްގައި މިކަން އިއުލާން ކޮށްފައިވަނީ އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމްގެ ޕޯސްޓަރަކާއިވެސް އެކުގައެވެ. އެނާގެ ފުރަތަމަ ޑައިރެކްޝަނަކީ "ހެޕީ ބާތުޑޭ މަންމީޖީ" އެވެ. ޖުލައި 23 ގައި ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން ރައިޓަރަކީވެސް އޭނާއެވެ. މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ސަންޝައިން ޕިކްޗާސް ޕްރައިވެޓް ލިމިޓެޑާއި އަސިން އޭ ޝާހް ގުޅިގެންނެވެ.

ޝެފާލީ ވަނީ މި އަހަރުގެ ފީމޭލް އައި ފެސްޓިވަލަށް "ސަމްޑޭ" ކިޔާ ފިލްމެއްވެސް ލިޔެ ޑައިރެކްޓް ކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Shefali Shah (@shefalishahofficial)

ޝެފާލީގެ އިތުރުން ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާވެސް މިހާރު ވަނީ އޭނާ ފިލްމް ޑައިރެކްޝަންއަށް ނިކުމެފައިވާކަން އިއުލާން ކޮށްފަ އެވެ. އޭނާ ވަނީ ސޯޝަލް މީޑިއާގައި އާޓިކަލްތަކެއް ޕޯސްޓްކޮށް މިކަން ކަށަވަރު ކޮށްދީފަ އެވެ.

މަނީޝްގެ ފުރަތަމަ ޑައިރެކްޝަނަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކަ އަކަށް ހަދާ މިއީ މިއުޒިލަކް ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާ ދެބައިވެ ޕާކިސްތާން އުފެދި އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަސްވަރުގެ ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ މަނީޝް އަމިއްލައަށް ލިޔެފައިވާ ވާހަކައެކެވެ.

 

View this post on Instagram

 

A post shared by Manish Malhotra (@manishmalhotra05)

ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމް ޕްރޮޑިއުސް ކުރަނީ މަނީޝްގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނިންނެވެ. މިހާރު ކުރަމުން ދާ މަސައްކަތަކީ މި ފިލްމަށް ތަރިން ހޯދުމުގެ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.