ބޮލީވުޑްގެ ދުވަސްވީ ތަރި ސުރޭކާ ސިކްރީ މަރުވެއްޖެ

ބޮލީވުޑްގެ ދުވަސްވީ ތަރި ސުރޭކާ ސިކްރީ މަރުވެއްޖެ

Author
ފާތިމަތު ނާވީ
17 ޖުލައި 2021 06:18
0

ބޮލީވުޑްގެ ދުވަސްވީ އެކްޓްރެސް ސުރޭކާ ސިކްރީ މަރުވެއްޖެ އެވެ.

އުމުރުން 75 އަހަރުގައި ސުރޭކާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން އިއްޔެ ހެންދުނުގެ ވަގުތެއްގައެވެ. ތިން ފަހަރަށް ނެޝަނަލް އެވޯޑްވެސް ހާސިލް ކޮށްފައިވާ އެކްޓްރެސް މަރުވެފައިވަނީ މުމްބާއީގައި އެވެ.

ހާޓްއެޓޭކް ޖެހުމުގެ ކުރިން ސުރޭކާ ވަނީ، 2018 ވަނައަހަރާއި 2020 ވަނަ އަހަރު ބްރެއިން ސްޓްރޯކްއެއް ޖެހިގެން ފަރުވާވެސް ހޯދާފައި އެވެ. ހާޓްއެޓޭކް ޖެހުން އިރުވެސް އޭނާ ދިޔައީ މިދިޔަ އަހަރު ޖެހުނު ސްޓްރޯކަށް ފަރުވާ ހޯދަމުންނެވެ.

ސުރޭކާ އަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި ވެސް ފާހަގަކޮށްލެވޭ ތަރި އެކެވެ. އޭނާގެ މަގުބޫލް ޓީވީ ޑްރާމާތަކުގެތެރެއިން "ބާލިކާ ވަދޫ" ފާހަގަ ކޮށްލެވެ އެވެ.

އުއްތުރަ ޕްރަދޭޝަށް އުފަން ސުރޭކާގެ ފިލްމީ ކެރިއަރު ފަށާފައިވަނީ 1978 ވަނަ އަހަރު ޕޮލިޓިކަލް ޑްރާމާ "ކިސްކާ ކުރްސީ ކާ" އިންނެވެ. އޭނާ ވަނީ 1971 ވަނަ އަހަރު ނެޝެނަލް ސްކޫލް އޮފް ޑަރާމާއިން ގްރެޖުއޭޓްވެފައި އެވެ.

ސުރޭކާ އެންމެ ފަހުން ފެނިގެންދިޔަ ކާމިޔާބު ފިލްމުތައް ތެރޭގައި "ބަދާއީ ހޯ" ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.