ސައުދީގެ އެކި ކަންކޮޅުތަކުން ހައްޖުވެރިން ޖިއްދާއަށް ދަތުރުކުރަން ފަށައިފި

ސައުދީގެ އެކި ކަންކޮޅުތަކުން ހައްޖުވެރިން ޖިއްދާއަށް ދަތުރުކުރަން ފަށައިފި

Author
ހުސެއިން
16 ޖުލައި 2021 06:12
0

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކާ، ސައުދީ އަރަބިއާގެ އެކި ކަންކޮޅުތަކުން ހައްޖުވެރިން ޖިއްދާއަށް ދަތުރު ކުރަން ފަށައިފިއެވެ. ޖިއްދާއިން، ޓުއަރ އޮޕްރޭޓަރުންގެ އެހީގައި ދެން ހައްޖުވެރިން ދަތުރުކުރާނީ، ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްޓަކާ މާތްވެގެންވާ މައްކާއަށެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށްޓަކާ، ކޯވިޑް ކާރިސާގެ ކުރިން އެތައް މިލިއަން މުސްލިމުންނެއް ސައުދީ އަރަބިއާއަށް ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުމްގައި ޒިޔާރަތް ކުރެއެވެ.

ކޯވިޑް19 ކޮންޓްރޯލް ކުރުމުގެ ގޮތުން މިފަހަރު ހައްޖުވުމުގެ ފުސަތު ދިނުމަށް ސައުދީ ސަރުކާރުން މިއަހަރު ހަމަޖައްސާފައިވަނީ 60،000 މީހުންނަށެވެ. އަދި އެއީވެސް ސައުދީގައި ދިރި އުޅެމުންދާ މީހުންނަށް އެކަންޏެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭ ގޮތަށް ސައުދީ އަރަބިއާއިން ހަމަޖައްސާފައިވަނީ، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި މި އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށް އަދި ނޭވާ ލާނިޒާމުގެ އެއްވެސް ބަލިކަމެއް ނެތް ފަރާތްތަކަށެވެ.

އަދި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީފައިވަނީ، ފުރަތަމަ ފަހަރަށް ހައްޖުވާ ފަރާތްތަކަށް އެކަންޏެވެ.

2020ވަނަ އަހަރު ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ، ސައުދީ އަރަބިއާގައި ދިރިއުޅޭ ފަރާތްތަކާ އަދި ސައުދީ އަރަބިއާގެ ރައްޔިތުންގެ ތެރެއިން 10،000 ރައްޔިތުންނަށެވެ.

ހައްޖުގެ އަޅުކަން ކުރިޔަށް ދާނީ، ޖުލައި މަހުގެ 17އިން ޖުލައި މަހުގެ 22 އާއި ހަމައަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.